Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Tourism Featured

"ވަކި ރަށެއް - ވަކި ރިޒޯޓެއް" މި ކޮންސެޕްޓް ނިމެނީތަ؟ – ރިއަލް އެސްޓޭޓް ޓޫރިޒަމާއި ދައުލަތުގެ ބަޖެޓަށް އޮތް ގޮންޖެހުން

"ވަކި ރަށެއް - ވަކި ރިޒޯޓެއް" މި ކޮންސެޕްޓް ނިމެނީތަ؟ – ރިއަލް އެސްޓޭޓް ޓޫރިޒަމާއި ދައުލަތުގެ ބަޖެޓަށް އޮތް ގޮންޖެހުން
ތަފްޞީލް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ އުސް ގޮނޑިއަށް އަރައި، "ވަން އައިލެންޑް، ވަން ރިޒޯޓް" (ވަކި ރަށެއްގައި ވަކި ރިޒޯޓެއް) ކޮންސެޕްޓަކީ ރާއްޖެއަށް ޚާއްސަ، އެހެން އެއްވެސް ގައުމަކަށް ގޮންޖަހައިނުލެވޭ ފަދަ ވަކި ބްރޭންޑެކެވެ. ނަމަވެސް، ފަހަކަށް އައިސް ތައާރަފުވުމަށް ތައްޔާރުވަމުންދާ މެރީނާތަކާއި، "ދުބާއީ ސްޓައިލް" ޓައުންހައުސް އަދި ޕްރައިވެޓް ވިލާތައް ދިގު މުއްދަތަށް ވިއްކުމުގެ (ރިއަލް އެސްޓޭޓް ޓޫރިޒަމް) އޮއިވަރާއެކު، ސުވާލަކީ: ރާއްޖޭގެ މި ތާރީޚީ ކޮންސެޕްޓް ނިމުމަކަށް އަންނަނީ ހެއްޔެވެ؟ އެތަށް އަހަރަކުން އުފެދުނު ރާއްޖޭގެ ބްރޭންޑް ވެލިއުއަށް ވާނީ ކިހިނެތް ހެއްޔެވެ؟

 

އަދި މިއަށްވުރެ ބޮޑު ސުވާލަކީ، އާންމު ރިޒޯޓުތަކުންވެސް އެމީހުންގެ ކޮޓަރިތަކާއި ވިލާތައް އަމިއްލަ މީހުންނަށް ދިގު މުއްދަތަށް ވިއްކަން ފަށައިފިނަމަ، ދައުލަތަށް ލިބޭ ޓީޖީއެސްޓީ (TGST) އާއި ގްރީން ޓެކްސް (Green Tax) އަށް ވާނީ ކިހިނެއް ހެއްޔެވެ؟

 

1. "ވަން އައިލެންޑް، ވަން ރިޒޯޓް" އިން "ރިއަލް އެސްޓޭޓް ޓޫރިޒަމް" އަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން (5th Tourism Master Plan) އާއި ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ރިޒޯޓުތަކުން ދިގު މުއްދަތަށް (Long-term lease) ވިލާތަކާއި އެޕާޓްމަންޓްތައް ވިއްކުމުގެ ގާނޫނީ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. Crossroad Maldives ފަދަ މަލްޓި-އައިލެންޑް މެރީނާ މަޝްރޫއުތަކާއި، ކްރޮސްރޯޑްސްގެ ތެރެއިންނާއި އެހެނިހެން ފަޅުތަކުގައި ތަރައްގީކުރާ "ޓައުންހައުސް" އާއި "ޕްރައިވެޓް ރެސިޑެންސް" ތަކަކީ މި ބަދަލުގެ އަމަލީ ސޫރައެވެ.

 

  • ކުރީގެ މޮޑެލް: ރިޒޯޓެއްގެ ހުރިހާ ކޮޓަރިއެއް ބެލެހެއްޓެނީ އެއް އޮޕަރޭޓަރެއްގެ ދަށުންނެވެ. ފަތުރުވެރިން އަންނަނީ ކުރު މުއްދަތަށެވެ (އެވަރެޖްކޮށް 5-7 ރޭ).

 

  • އައު މޮޑެލް: ރިޒޯޓުގެ ވިލާތައް ބޭރުގެ މުއްސަނދިންނަށް 99 އަހަރަށް ނުވަތަ ދިގު މުއްދަތަށް ވިއްކާލައެވެ. ވެރިފަރާތުން ބޭނުން އިރަކު އައިސް ތިބެ، ބޭނުން ނުކުރާ ދުވަސްވަރު އަނބުރާ "ރެންޓަލް ޕޫލް" އަށް ލައިގެން ކުއްޔަށް ދެއެވެ.

 

2. ޓީޖީއެސްޓީ އާއި ގްރީން ޓެކްސްއަށް އަންނާނެ ލޮޅުން

ރާއްޖޭގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އާމްދަނީއެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ 17% ޓީޖީއެސްޓީ އާއި، ކޮންމެ އެނދަކުން ރޭގަނޑަކަށް ނަގާ 12 ޑޮލަރުގެ ގްރީން ޓެކްސް (2025 އިން ފެށިގެން އަމަލުކުރާ ރޭޓު) އެވެ.

 

އާންމު ރިޒޯޓުތަކުގެ ކޮޓަރިތައް އަމިއްލަ ފަރާތްތަކަށް ވިއްކައިފިނަމަ، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލުތައް:

 

-       ކުރުމުއްދަތުގެ ފަތުރުވެރިން އަތުން މިހާރު ލިބިލިބިހުރި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އާމްދަނީ އަށް ބަދަލު އައުން.

-       ޕްރައިވެޓް ވިލާ ނުވަތަ ޓައުން ހައުސް ގަންނަ ފަރާތްތަށް އަމިލްލަ ގޭގައި ތިބޭތީ ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ނުލިބުން، އަދި ސިއްރުން ރައްޓެހިން އެތަންތާ ބެހެއްޓުމުން ޓެކްސް އާމްދަނީ ނުލިބި ދިއުން.

  1. "އަމިއްލަ ގޭގައި ތިބުން" (Owner Occupancy): ވިލާ ގަންނަ ފަރާތުން ރާއްޖެ އައިސް އަމިއްލަ ތަނުގައި ތިބޭ މުއްދަތުގައި، އެއީ "ކޮޓަރި ކުއްޔަށް ދިނުން" ކަމަށް ނުބެލެވޭތީ TGST އެއް ނުލިބޭނެއެވެ. އަދި އެފަރާތްތައް "ޓޫރިސްޓުން" ގެ ގޮތުގައި ރެޖިސްޓްރީ ނުކުރެވޭނަމަ ގްރީން ޓެކްސް ނެގުމުގައި ގާނޫނީ އިމްތިއާޒުތަކެއް އުފެދެއެވެ.
  2. ސިއްރުން ކުއްޔަށް ދިނުން (Unregulated Rentals): އަމިއްލަ ވިލާގެ ވެރިފަރާތުން އެމީހުންގެ ރައްޓެހިންނަށް ނުވަތަ އޮންލައިންކޮށް ސިއްރުން ކުއްޔަށް ދޭނަމަ، ދައުލަތުގެ މީރާ (MIRA) އަށް އެނގުމެއް ނެތި، ދައުލަތަށް ލިބެންޖެހޭ 17% TGST އާއި ގްރީން ޓެކްސް މުޅިން ގެއްލިގެންދާނެއެވެ.
  3. ދައުލަތުގެ ބަޖެޓަށް ބޮޑު ނުރައްކަލެއް: އަހަރަކު 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އައިސް، ގްރީން ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭއިރު، ރިޒޯޓުތަކުގެ އެނދުތައް "ޕްރައިވެޓް ރެސިޑެންސް" އަށް ބަދަލުވެއްޖެނަމަ، ސަރުކާރުގެ އަހަރީ ބަޖެޓަށް ބޮޑު "ގެއްލުމެއް" (Shortfall) އަންނާނެއެވެ.

 

3. އިގްތިސާދީ ފައިދާ، އޮތް ނުރައްކާ/ގެއްލުން

އިންވެސްޓްމަންޓް (FDI)

ފައިދާ: ރިޒޯޓު ހަދަން ބޮޑެތި ކެޕިޓަލް އިންވެސްޓްމަންޓް ވަގުތުން ލިބުން

ގެއްލުން: ކުރު މުއްދަތުގެ ފައިދާއަށްފަހު ދިގު މުއްދަތުގެ ޓެކްސް އާމްދަނީ މަދުވުން

ބްރޭންޑް ވެލިއު

ފައިދާ: "ލަގްޒަރީ ރިއަލް އެސްޓޭޓް" މާކެޓުގައި ރާއްޖޭގެ ނަން މަޝްހޫރުވުން

ގެއްލުން: "ވަން އައިލެންޑް ވަން ރިޒޯޓް" ގެ އެކްސްކްލޫސިވްކަން ކެނޑިގެންދިއުން

ތިމާވެށި

ގެއްލުން: މެރީނާތަކާއި ބޮޑެތި ޑިވެލޮޕްމަންޓްތަކުން ލިބޭ ކާބަން ފުޓްޕްރިންޓް

ގެއްލުން: ފެނާއި، ކަރަންޓާއި ކުނި މެނޭޖްކުރުމަށް ރަށްރަށަށް ނުކުޅެދުން

4. ހައްލުތައް: ދައުލަތުގެ އާމްދަނީ ހިފެހެއްޓުމަށް ކުރެވިދާނެ ކަންކަން

"ރިއަލް އެސްޓޭޓް ޓޫރިޒަމް" ހުއްޓުވުމަކީ ޒަމާނީ އިގްތިސާދެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ ހިފެހެއްޓުމަށް އަންނަނިވި ފިޔަވަޅުތައް އަޅަންޖެހެއެވެ:


  1. "ރެސިޑެންސް ޓެކްސް" ނުވަތަ "ވިލާ އޯނާޝިޕް ފީ" ތައާރަފުކުރުން: އަމިއްލައަށް ވިލާ ގަންނަ ފަރާތްތަކުގެ އަތުން، އެމީހުން ތިބިޔަސް ނުތިބިޔަސް، އަހަރީ ގޮތުން ނަގާ މާލީ ފީއެއް ނުވަތަ ފިކްސްޑް ގްރީން ޓެކްސްއެއް ގާނޫނުން ކަނޑައެޅުން.
  2. މެންޑޭޓަރީ ރެންޓަލް ޕޫލް (Mandatory Rental Pool): ވިލާގެ ވެރިފަރާތް ރާއްޖޭގައި ނޫޅޭ ދުވަސްވަރު، އެ ވިލާއެއް މެއިން ރިޒޯޓު އޮޕަރޭޓަރުގެ ރެންޓަލް މެނޭޖްމަންޓުގެ ދަށުން ކުއްޔަށް ދިނުން މަޖުބޫރުކުރުން. މިއާއެކު، އާންމު ފަތުރުވެރިއަކު ތިބޭ ފަދައިން TGST އާއި Green Tax ދައުލަތަށް ލިބޭނެއެވެ.
  3. ޑިޖިޓަލް އޯޑިޓް އަދި MIRA ގެ ގާނޫނުތައް ހަރުދަނާކުރުން: ރިއަލް އެސްޓޭޓް ވިލާތަކަށް އަންނަ އާއިލާތަކާއި މެހެމާނުންގެ މައުލޫމާތު އިމިގްރޭޝަނާއި މީރާއިން ގުޅިގެން މޮނިޓަރކޮށް، ގަވާއިދާ ހިލާފަށް ދޭ ކުއްޔަށް ބޮޑެތި ޖޫރިމަނާތައް ކަނޑައެޅުން.

 

ނިންމުން

"ވަން އައިލެންޑް، ވަން ރިޒޯޓް" ކޮންސެޕްޓް މުޅިން އުވިގެން ނުދިޔަސް، ރާއްޖޭގެ ފަތުރުވެރިކަން މިވަނީ ބޮޑު ބަދަލެއްގެ އިންތިޚާބީ މަރުހަލާއެއްގައެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމަކީ އިންވެސްޓްމަންޓް ގެނައުމަށް އޮތް ފުރުސަތަކަށް ވިޔަސް، ދައުލަތުގެ TGST އާއި ގްރީން ޓެކްސްގެ ރައްކާތެރިކަން ކަށަވަރުނުކުރެވިއްޖެނަމަ، މިއީ ދިވެހިރާއްޖޭގެ ގައުމީ ބަޖެޓަށް ލިބޭނެ ބޮޑު ހުރަހަކަށް ވާނެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all