"ވަގަށް" އެތެރެވި ކަމަށް ބުނާ 2 ބޯޓްގެ މަސައްލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހުށަހަޅައިފި
ބުރާސްފަތި (2026 ސެޕްޓެމްބަރު 10) ދުވަހުގެ ރޭ ވިލާގަނޑުގައި އައި ބާރު ވަޔާއެކު ނަގިލި ކަހައިލައިގެން އޮޔާގޮސް މާލޭގެ އިރުމަތީ ފަރާތު ފަރުގައި ބީހުމަށްފަހު، އަނެއްކާވެސް އޮޔާގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު 2 ބޯޓްގެ މައްސަލަ ރައިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) އަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓް ގްރޫޕަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައްވާފައިވަނީ:
- މިދިޔަ އެޕްރިލް މަހުގައި ދިވެހިރާއްޖޭގެ ސަރަޙަށްދަށް ހުއްދަނެތި 2 ބޯޓެއް ވަދެފައިވާކަން އެނގުނީ ހަތްފާއެއް ފަހުން ކަމަށްވާތީ މިހާލަތަށް ދާން މެދުވެރިވި ސަބަބަކާއި އެކަމުގައި އިހުމާލުވާ ފަރާތްތަކަކީ ކޮބައިކަން ހޯދުން.
- އެ 2 ބޯޓުގެ ފަޅުވެރިން ހާލުގައި ތިބިތާ 5 މަސްދުވަސް ވީކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަ ކޮށްފައިވާއިރު އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވަނީ ކީއްވެގެންކަން.
- މާލޭގެ ބަނދަރު ސަރަހައްދުގައި މި 2 ބޯޓް އަޅާފައި އޮތް ދުވަސްތަކުގައި މި 2 ބޯޓްގެ ސަލާމަތީ އަދި ފަންނީ ހާލަތު ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބެލުން.
- ސިނަމާލެ ބްރިޖަކީ އިންޝުއަރެންސް ކޮށްފައިބާ ބްރިޖެއްތޯ އާއި މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމުގެ އިންތިޒާމްތައް ހުރި މިންވަރު އޮޅުން ފިލުވުމެވެ.
މެންބަރު ކުޑޫ ހުށަހަޅުއްވާފައިވާ ހުށަހެޅުމުގައި މި ހާދިސާއަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މައްސަލަތަކާއި ގައުމީ ސަލާމަތާއި ބެލެހެއްޓުމުގެ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވެގެން ދިޔަ ކަމަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއިން މި ކަންކަން ބައްލަވައި އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ވަނީ އެދި އެދިވަޑައިގެންފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނަގިލި ކަހާލައިގެން އޮޔާދިޔަ 2 ބޯޓާއި ގުޅިގެން އެމްއެންޑީއެފުން ހާމަކޮށްފައިވަނީއެ ބޯޓަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ 2 ބޯޓް ކަމަށާއި ބޯޓާއި ގުޅުންހުރި މައުލޫމަތު ދެއްވަނީ މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ކަމަށެވެ. ނަމަވެސް މިހާތަނަށް މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ރަސްމީ އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީއެފްއިން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުން ބޯޓްގައި ތިބި ފަޅުވެން ސަލާމަތް ކުރިފަހުން، މާލެއަތޮޅު އިރުމަތީ ކަނޑުން 30 މޭލު ބޭރުން 2 ބޯޓްވެސް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
