News Featured

ތިނަދޫން ބިންތަކެއް ދޫކޮށްގެން ކައުންސިލްގެ ކުރީގެ ރައީސް އާދި 3 މެންބަރުންނަށް ދަޢުވާ ކޮށްދިނުމަށް އެދެން ނިންމައިފި

Advertisement
ތިނަދޫން ބިންތަކެއް ދޫކޮށްގެން ކައުންސިލްގެ ކުރީގެ ރައީސް އާދި 3 މެންބަރުންނަށް ދަޢުވާ ކޮށްދިނުމަށް އެދެން ނިންމައިފި
Photo: Huvadhoo Media
ތަފްޞީލް

ހުވަދުއަތޮޅު ދެކުނު ބިތުގެ ތިނަދޫން ބިންތަކެއް ދޫކޮށްގެން ތިނަދޫ ކައުންސިލް އިދާރާގެ ކުރީގެ ރައީސް އަދި މިހާރު ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ އާއި އިތުރު ކައުންސިލްގެ ކުރީގެ 3 މެންބަރަކަށް ދަޢުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށް ނިންމައިފިއެވެ.

 

އޭސީސީން ނެރިފައިވާ ޚަބަރު ބަޔާނުނުގައި ވާގޮތުން މި 4 މީހުންގެ މައްޗަށް ދަޢުވާ ކުރަން އެދި ޕީޖީއަށް ފޮނުވަން ނިންމީ ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ހުވަދުއަތޮޅު ދެކުނު ބިތުގެ ތިނަދޫން ބިމެއް ހޯދުމަށް އެދި އަމިއްލަ ކުންފުންޏަކުން ހުށަހެޅުމުން "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު"ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި އޮތް ނަމަވެސް، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި "އެ ކުންފުންޏަށް" ބިމެއް ދޫކުރަން ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމް، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރު  ތާއީދުކޮށް، ނިންމާފައިވަނީ އިޢުލާން ކުރުމަކާ ނުލައި ގަވައިދާ ހިލާފަށް އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކަމަށެވެ.

 

ޚަބަރު ބަޔާނުގައިވާ ވާގޮތުން 2023 ނޮވެމްބަރު 1 ވަނަ ދުވަހު "އެ ކުންފުންޏާ"އިއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކޮށް، ގަވާއިދާ ޚިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުގެ އިތުރަށް 2000 އަކަފޫޓުގެ 3 ބިމެއް "އެ ކުންފުންޏަށް" ވަނީ ގަވައިދާ ހިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައި ކަމަށެވެ.


މި މައްސަލައިގައި އޭސީސީން ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީއަށް ފޮނުވާފައިވަނީ ފޮނުވުމަށް ނިންމާފައިވަނީ، ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަޤާމުގައި ހުރި ސަޢުދު ޢަލީ، ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމް، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. މި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން އެދެނީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތު) 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.




Share this article: Facebook Twitter WhatsApp
Related Articles