ތެލުގެ ދަތިކަމާ ގުޅިގެން ބާލީގައި އޮއްޑް-އީވެން އުޞޫލުން ތެޔޮ ދޫކުރަން ފަށައިފި!
އިންޑޮނޭޝިޔާގެ ބާލީ ސަރުކާރާއި އެޤައުމުގެ އެނާޖީ ކުންފުނި "ޕެރްތަމީނާ" (Pertamina) ގުޅިގެން، ބާލީގެ ޕެޓްރޯލް ޝެޑްތަކުން ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ނަންބަރު ބޯޑަށް ބަލައިގެން ތެޔޮ ދޫކުރާ އޮއްޑް-އީވެން ރޭޝަނިންގ ސިސްޓަމެއް 17 އޮކްޓޯބަރު 2026 ގައި ވަނީ އަމަލީގޮތުން ހިންގަން ފަށާފައެވެ.
މި އުޞޫލުގެ ދަށުން:
މި އުޞޫލުގެ ދަށުން އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ނިމޭ އަދަދަކީ އޮއްޑް (އޮއްޓަރު) ނަންބަރެއްނަމަ ތެޔޮ އަޅައިދެވޭނީ ހަމައެކަނި އޮއްޑް ތާރީޚުތަކުގައި ކަމަށްވާއިރު، ރަޖިސްޓްރީ ނަންބަރު ނިމޭ އަދަދަކީ އީވެން (ހިރި) ނަންބަރެއްނަމަ ތެޔޮ އަޅައިދެވޭނީ އީވެން ތާރީޚުތަކުގައެވެ.
މި ފިޔަވަޅު އަޅަންޖެހުނީ މި އޮކްޓޯބަރު މަހުގެ 12 އިންފެށިގެން ތެޔޮ އުފުލާ ބޯޓަކަށް ދިމާވި ފެންވަރުގެ މައްސަލަތަކަކާއި މޫސުން ގޯސްވުމުގެ ސަބަބުން ބާލީއަށް ތެޔޮ ސަޕްލައިކުރުން ލަސްވެ، ޕެޓްރޯލް ޝެޑްތައް ކައިރީގައި ގިނަ އަދަދެއްގެ އުޅަނދުފަހަރުތައް ގާތްގަނޑަކަށް 7-8 ގަޑިއިރު ކިއޫގައި ތިބެންޖެހުމާ ގުޅިގެންނެވެ.
ބާލީގެ ގަވަރުނަރު ވާޔަން ކޮސްޓާ އަދި ޕެރްތަމީނާ ކުންފުނިން ހާމަކުރި ގޮތުގައި، މައްސަލައަކީ މުޅި ރަށުން ތެޔޮ ހުސްވުން ނޫން ކަމަށާއި، ތެޔޮ ގުދަންތަކުން ޝެޑްތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވި ޑިސްޓްރިބިއުޝަން ލަސްވުންތަކެކެވެ. މިކަން ހައްލުކުރުމަށްޓަކައި ސިފައިންގެ އެހީތެރިކަމާއެކު 24 ގަޑިއިރު ތެޔޮ އުފުލުމުގެ މަސައްކަތް ކުރަމުންދާއިރު، އޮއްޑް-އީވެން ސިސްޓަމާއެކު ކުރިއަށް އޮތް 1-2 ދުވަހުގެ ތެރޭގައި ހާލަތު އާދައިގެ ހާލަތަކަށް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
