World Featured

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖްޕަކްސާގެ މައްޗަށް މާލީ ބޭއިންސާފުގެ ތުހުމަތުކޮށް ގާނޫނީ ފިޔަވަޅު އަޅަނީ

Advertisement
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖްޕަކްސާގެ މައްޗަށް  މާލީ ބޭއިންސާފުގެ ތުހުމަތުކޮށް ގާނޫނީ ފިޔަވަޅު އަޅަނީ
ތަފްޞީލް

ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސާ އާ ގުޅޭގޮތުން ފަހުގެ ޚަބަރުތަކަށް ބަލާއިރު އެމަނިކުފާނުގެ ސިއްހީ ހާލަތާއި އާއިލާއާގުޅޭ ގާނޫނީ މައްސަލަތައްވަނީ ފާހަގަކޮށްލެވިފައެވެ.


އެމަނިކުފާނުގެ ސިއްޙީ ހާލަތަށް ކުއްލިކަމެއް ދިމާވެގެން ކޮލަމްބޯ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދާކަމަށް ސިޔާސީ ޕާޓީން ހާމަކޮށްފައި ވެއެވެ.


އާއިލާއަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތަކަށް ބަލާއިރު މަހިންދަ ރާޖްޕަކްސާ އާއިލާގެ ބޭފުޅުންނަށް ކޮރަޕްސަނާއި މާލީ ބޭއިންސާފުގެ ތުހުމަތުތަކެއްކޮށް ގާނޫނީ ފިޔަވަޅުތަކެއް އަޅަންވަނީ ފަށާފައެވެ. އެގޮތުން އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ގުޅުންހުރި މައްސަލަތައް ކޯޓްތަކުގައިދަނީ ހިންގަމުންނެވެ،


ސްރީލަންކާގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ "ރާޖަޕަކްސާ" އާއިލާއަކީ 2009 ވަނަ އަހަރު ލަންކާގެ ދާޚިލީ ހަނގުރާމަ ނިންމުމުގައި އިސް ދައުރެއް އަދާކުރެއްވި ބައެއް ނަމަވެސް، ފަހުގެ އަހަރުތަކުގައި ލަންކާއަށް ކުރިމަތިވި އިގުތިޞާދީ ކާރިސާއާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އާއިލާއެކެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް