World
Featured
ސިންގަޕޫރުގެ ރައީސް ތަރުމަން ސްވިޑަންއަށް ކުރައްވާ ތާރީޚީ ރަސްމީ ދަތުރުފުޅު ފައްޓަވައިފި...
Photo: Asia One
ތަފްޞީލް
ސިންގަޕޫރާއި ސްވިޑަންއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް ސްވިޑަންއަށް ކުރައްވާ ރަސްމީ ދަތުރުފުޅު 17 އިން 21 އޮކްޓޯބަރަށް ކުރިއަށްދާނެއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އޮތް އިޤްތިޞާދީ، ޓެކްނޮލޮޖީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރެވޭނެއެވެ. ރައީސް
ތަރުމަންގެ އަރިހުގައި ސިންގަޕޫރުގެ ވަޒީރުންނާއި، ވިޔަފާރިވެރިންގެ މަތީ ފެންވަރުގެ ޑެލިގޭޝަނެއް ބައިވެރިވެވަޑައިގަންނަވައެވެ.
- ސިޔާސީ ބައްދަލުވުންތައް: ސްވިޑަންގެ ބޮޑުވަޒީރުު އުލްފް ކްރިސްޓަރސަން އާއި، ޤާނޫނުހަދާ މަޖިލީހުގެ ރައީސް އެންޑްރިއަސް ނޯލެން އާއެކު ރަސްމީ ބައްދަލުވުންތައް ބޭއްވުން.
- އިޤްތިޞާދީ އީޖާދުތައް: ސްޓޮކްހޯމް ސުކޫލް އޮފް އިކޮނޮމިކްސްގައި ތަޤުރީރު ކުރެއްވުމުގެ އިތުރުން، ގޮތެންބާގްގައި އޮންނަ "ވޯލްޑް އޮފް ވޮލްވޯ" އަށް ޒިޔާރަތްކުރައްވައި ކުރިއަރަމުން އަންނަ އީޖާދީ ދަތުރުފަތުރާއި ޓެކްނޮލޮޖީއާ ބެހޭގޮތުން މަޝްވަރާކުރެއްވުން.
- ގުޅުން ބަދަހިކުރުން: ދިފާއީ ދާއިރާއާއި، ކުއަންޓަމް ޓެކްނޮލޮޖީ އަދި ތައުލީމީ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ފުޅާކުރުން.
މި ދަތުރުފުޅަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްވިޑަންގެ ރަސްގެފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ރައްދުގައި ކުރައްވާ، ދެ ގައުމުގެ ގުޅުމުގައި އާ ބާބެއް ފެށިގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.
Related Articles
ގުޅުންހުރި ޚަބަރުތައް
މަރުވިކަމަށް ދައްކައިގެން މިއަހަރުތަކުގައި އުޅުނު ފިލާހުރި ކުށްވެރިޔާ ފަޅާއަރައިފި: 19 އަހަރު ވަންދެން އޭނާ އެއުޅުނީ އޭނާގެ މަރުވެފައިވާ ޓްވިން ބޭބެގެ ނަމުގައި!
Ismail 1 0
ކެމްޕޭން ޖަލްސާއެއްގައި މުސްލިމުންގެ ނަމަކަށް ޖޯކުޖެއްސެވުމުން ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެ!
Ismail 1 0
ޔަމަނުގެ އަމްރާންގެ މިސްކިތަކަށް ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާއެއްގައި އާއިލާއެއްގެ 7 މީހުން މަރުވެ، އދ. އިން ކަންބޮޑުވުން ފާޅުކޮށްފި
Ismail 1 0
