Politics Featured

ސައޫދީއަށް ދިން ހަމަލާތަކެއްގައި މިސައިލްގެ އެތިކޮޅުތަކެއް ވެއްޓި 15 ގެއަކަށް ގެއްލުންވެ 4 މީހަކު ޒަޚަމްވެއްޖެ

Advertisement
ސައޫދީއަށް ދިން ހަމަލާތަކެއްގައި މިސައިލްގެ އެތިކޮޅުތަކެއް ވެއްޓި 15 ގެއަކަށް ގެއްލުންވެ 4 މީހަކު ޒަޚަމްވެއްޖެ
english.sun.mv
ތަފްޞީލް

މީޑިއާ ރިޕޯޓުތަކުގައި ސައޫދީ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ހޫތީން ދިން ސިލްސިލާ ހަމަލާތަކުގައި ގޮއްވާލި ކްރޫޒް މިސައިލްތަކުގެ އެތިކޮޅުތައް ވެއްޓި، ރިޔާޟުގެ މީހުން ދިރިއުޅޭ އަވަަށްތަކުގެ 15 ގެއަކަށް ގެއްލުންވެ 4 މީހަކު ވަނީ ޒަޚަމްވެފައެވެ.

ސައޫދީގެ ސިވިލް ޑިފެންސުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ވެރިރަށުގެ މަތިން ވައިގެ ދިފާއީ ބާރުތަކުން ދެ މިސައިލް ވައްޓާލުމާ ގުޅިގެން ވެއްޓުނު އެތިކޮޅުތަކުން ޖެހި، ދެ އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކަށް ވަނީ އަނިޔާވެފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަށާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިމަޖެންސީ ޓީމުތައް ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ.


ސައޫދީ އިސްވެއޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ބުނުއްވި ގޮތުގައި، ރިޔާޟުގެ ދެކުނުއިރުމަތީގައިވާ އަލްޚަރްޖުގެ މަތިން އިތުރު ކްރޫޒް މިސައިލެއްގެ އިތުރުން ހަރަޟް އާއި ދަހްރާނަށް މިސްރާބުޖެހި ހަމަލާތަކެއްވެސް ވައިގެ ދިފާއީ ބާރުތަކުން ވަނީ ހުއްޓުވައިފައެވެ. އަންގާރަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ ތަފާތު ސަރަހައްދުތަކުން ޖުމްލަ ހަ މިސައިލާއި ހަ ޑްރޯން ކޯލިޝަންގެ ބާރުތަކުން ހުއްޓުވައި ނައްތާލާފައިވާއިރު، އޭގެ ތެރޭގައި ވެރިރަށުގެ އުތުރުން ހުއްޓުވި ތިން ޑްރޯން ހިމެނެއެވެ.

ވައިގެ މަގުން ދިން މި ހަމަލާތައް ހަކަތައިގެ ވަސީލަތްތަކަށްވެސް އަމާޒުކޮށްފައިވާއިރު، ސައޫދީ އެނާޖީ މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ސައޫދީ އަރާމްކޯގެ އިދާރީ އިމާރާތަކަށް ހަމަލާ އަމާޒުވުމާ ގުޅިގެން ދަހްރާންގައި ހުންނަ ދައުލަތުގެ ތެޔޮ ވަސީލަތެއްގައި ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް، ފަޔަރފައިޓަރުން ވަނީ އަލިފާންގަނޑު އަވަހަށް ކޮންޓްރޯލްކޮށްފައި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.


މި ހަމަލާތައް ދީފައިވަނީ ސަންއާއަށް ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި، ސައޫދީގެ އެއާޕޯޓުތަކާއި ތެޔޮ އުފައްދާ ސަރަހައްދުތައް ހިމެނޭހެން މުހިންމު ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ހޫތީން ސީދާ އިންޒާރުދީފައި ވަނިކޮށެވެ. އަދި އޭގެ ރައްދުގައި، ޔެމަންގެ އެކި ކަންކޮޅުތަކުގައިވާ ހޫތީންގެ އަސްކަރީ ސަޕްލައި އާއި ލޮޖިސްޓިކްސް ނެޓްވޯކްތައް ނައްތާލުމަށް އަމާޒުކޮށްގެން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަން ކޯލިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް