ދަންމާމު އެއަރޕޯޓަށް ދިން ހަމަލާއެއްގައި އިންޑިޔާގެ އެކަކު މަރުވެ ދެ މީހުން ޒަހަމު ވެއްޖެ
ސަޢޫދީ ޢަރަބިއްޔާގެ ދަންމާމުގައިވާ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުދަ ދުވަހުގެ ރޭ ދިން ހަމަލާއެއްގައި އިންޑިއާގެ ރައްޔިތަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވެއްޖެ ކަމަށް ބުރާސްފަތި ދުވަހު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމް.އީ.އޭ) އިން ބުނެފިއެވެ.
މި ޚަބަރުގައިވާ ގޮތުން، ސުޢޫދީ ޢަރަބިއްޔާގެ ދަންމާމުގައި ހުންނަ ކިންގް ފަހްދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި ޖުމްލަ ދެ މީހަކު މަރުވެފައިވާ ކަމަށް ސުޢޫދީގެ އިދާރާތަކުން އިންޑިއާއަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި އިންޑިއާގެ ރައްޔިތަކު ވެސް ހިމެނެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމް.އީ.އޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އިންޑިއާގެ އެކަކު މަރުވެ، އިތުރު ދެ މީހަކު ވަނީ ޒަޚަމްވެފައެވެ.އަދި އެ މިނިސްޓްރީން ދަނީ އިތުރު ތަފުސީލުތައް ބަލައި، ގެއްލުން ލިބުނު ފަރާތްތަކުގެ އާއިލާތަކާ ގުޅަމުންނެވެ.