News Featured

ރަސްމާލެ މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން: އަލައްބާރު

Advertisement
ރަސްމާލެ މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން: އަލައްބާރު
ތަފްޞީލް

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ބޮޑު މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ގަވާއިދުތަކާ ފުރިހަމައަށް އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ދެއްވައިފިއެވެ.

 

ދުބައިގެ ބުރުޖު ޚަލީފާ ފަދަ އީޖާދީ ބިނާތައް ތަރައްގީކުރި ކުންފުނީގެ ވެރިޔާ އަލައްބާރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އީގަލް ހިލްސްއިން ހިންގާ ކޮންމެ ބިޔަ މަޝްރޫއެއްގައިވެސް އެ ގައުމެއްގެ ސިޔާދަތާއި، ގާނޫނީ އިންތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ކުންފުނީގެ އެންމެ މައިގަނޑު އުސޫލެވެ.

 

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްވެސް ވަނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ތަރައްގީކުރުމަށް ވެވިފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާއި މާލިއްޔަތު ގާނޫނާ އެއްގޮތަށް ވެވިފައިވާ ސައްހަ އެއްބަސްވުމެއްކަމަށް ވިދާޅުވެފައެވެ.

 

އަލައްބާރު ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރެވޭ ހައުސިންގ، ރީޓެއިލް، އަދި ފަތުރުވެރިކަމުގެ ވަސީލަތްތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު މާލީ އަދި އިގްތިސާދީ ފައިދާ ލިބޭނެ ގޮތަށް، ތިމާވެށީގެ ގަވާއިދުތަކާވެސް އެއްގޮތަށް ބިނާކުރެވޭނެ ތަނެއް ކަމަށެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް