Ad #8Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Info Featured

ރަސްމާލެ: ބޮޑު އިންވެސްޓްމަންޓެއް ތޯ؟ ނުވަތަ އަންނަން އޮތް ޖީލަށް ބޭނުންވާ ބިމެއް ތޯ؟

ރަސްމާލެ: ބޮޑު އިންވެސްޓްމަންޓެއް ތޯ؟ ނުވަތަ އަންނަން އޮތް ޖީލަށް ބޭނުންވާ ބިމެއް ތޯ؟
ތަފްޞީލް

ޚާއްޞަ ރިޕޯޓް

Eagle Hills އާއި ދިވެހި ސަރުކާރު ދެމެދު ރަސްމާލެ ގައި "Maldives Waterfront and Marina" މަޝްރޫޢު ތަރައްޤީކުރުމަށް ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމަންޓު ވަނީ މިހާރު ޤައުމީ ބަހުސެއްގެ މައިގަނޑު މައްސަލައަކަށް ވެފައެވެ. އެ މަޝްރޫޢަކީ 12 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް، މަރީނާ، ލަގްޒަރީ ރެޒިޑެންސް، ހޮޓެލް، ރިޓޭލް އަދި ކޮމިޔުނިޓީ ފެސިލިޓީތައް ހިމެނޭ ބޮޑު ޑިވެލޮޕްމަންޓެކެވެ.

ނަމަވެސް މި ބަހުސް މިއޮތީ މަޝްރޫޢުގެ އަގު ކިތައް ބިލިއަން ޑޮލަރުތޯ ނުވަތަ ބިމުގެ ބޮޑުމިން ކިތައް ހެކްޓަރުތޯ ބެލުމެއް ނޫނެވެ. މިބަހުސްގައި މިއޮތީ"މި ބިމުގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެ ގޮތަކީ ކޮބާ؟"  މި ސުވާލެވެ.

އެއްބަސްވުމުން އެނގޭ މުހިންމު ކަންކަން

އާންމުކޮށް ފާޅުކުރެވިފައިވާ މަޢުލޫމާތުގައި، މަޝްރޫޢުގައި މަރީނާ، ޕްރީމިއަމް ރެޒިޑެންސް، ބްރޭންޑެޑް ރެޒިޑެންސް، ހެލްތް، އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފެސިލިޓީތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އަދި މި ބިމުގެ ޔުނިޓްތައް 99 އަހަރުގެ ލީސްހޯލްޑް މޮޑެލުން ވިއްކާނެ ކަމަށް Eagle Hills ބުނެފައިވެއެވެ. ބައެއް ރިޕޯޓްތަކުން ތުހުމަތު ކުރާގޮތުގައި، މި ޔުނިޓް ތަކުގެ ލީޒް އޯނާޝީޕް ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރު އަލުން ގުނަން ފަށާނެ ކަމަށް ބުނެފައިވާތީ، އެކަމުގައިވެސް ވަރުގަދަ ބަހުސެއް ސޯޝަލް މީޑިޔާގައި ހިނގަމުން ދެއެވެ.

މައިގަނޑު ސުވާލު: ގިނަ ޢަދަދެއްގެ ބިދޭސީ ރެޒިޑެންޓުންނާއި އެކު އައު ސިޓީއެއް އުފެއްދުމުގެ ނަތީޖާ އަކީ...؟

މި ސުވާލުގެ އެއް ޖަވާބަކީ އިޤްތިޞާދީ ޖަވާބެއް،  އަނެއް ޖަވާބަކީ ސިޔާސީ އަދި ސަޤާފީ ޖަވާބެއް.

އާންމުކޮށް ދުނިޔޭގެ ބޮޑު ސިޓީތަކުގައި ފެންނަ ގޮތަށް، ބޮޑު ވިޔަފާރި އަދި ބިދޭސީ ފައިސާ ވަންނަ ތަންތަނުގެ ބިމުގެ އަގު މައްޗަށް ދެއެވެ. ގެދޮރުގެ އަގު އުފުލެވެއެވެ. ލޯކަލް މީހުންނަށް ގެދޮރު ގަންނަން ދަތިވެދާނެއެވެ. ބައެއް މީހުން ބުނަނީ މިއީ މާލެގައި މިހާރު އޮތް ހައުސިންގ ދަތިކަމަށް އިތުރު އުދަނގޫ ތަކެއް ކުރިމަތި ވެގެންދާނެ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ތަރައްޤީ އަށް މައިގަޑު ގޮތެއްގައި މީގެ ކުރިންވެސް ކުރިމަތިވި އެއްމެބޮޑު އެއް ހުރަހަކީ މާލޭގެ ބިމުގެ ދަތިކަން ކަމަށް ގިނަފަރާތް ތަކަކުން ދެކެއެވެ. އެހެންކަމުން ހުޅުމާލެ އުފެދިގެން ދިއުމަކީ އިޤްތިސާދަށް ނޭވާލާން ލިބުނު ރަނގަޅު ފުރުސަތަކެވެ. އެކަމަކު މިހާރު ހުޅުމާލެ ތޮއްޖެހުމުން ދެން ކަންކަން ވެގެންދާނީ ކުރިންވެސް ވިގޮތަށް ކަމަށް ބެލެވެއެވެ.

ބިމަކީ ތަދު އެއްޗަކަށް ވިޔަސް ބައެއްފަރާތްތަކުން ބުނާގޮތުގައި، ބިދޭސީ މުއްސަނދި މީހުން ކުރާ ޚަރަދު އަދި ޓެކްސް އާމްދަނީން ރާއްޖޭގެ އިޤްތިޞާދު ބާރުވެރިވެގެންދާނެ ކަމަށެވެ.

ސިޔާސަތު "ފައިސާއަށް ގަނެވިދާނެތޯ؟"

ބައެއް މީހުންގެ ކަންބޮޑުވުމަކީ ބޮޑު އިންވެސްޓަރުންނަށް ސިޔާސީ ނުފޫޒު ހޯދިދާނެ ކަމެވެ. އަދި ޤައުމުގެ ސިޔާސަތު އެމީހުން ބޭނުންވާގޮތަށް ބައްޓަން ކޮށްފާނެކަމަށެވެ.

ހަޤީޤަތަކީ މިއީ ރާއްޖެއަށް ޚާއްޞަ ކަމެއް ނޫންކަމެވެ. ދުނިޔޭގެ އާންމު އިޤްތިޞާދީ ތަޙުލީލުތަކުގައި މިކަމަށް  'ރެގިއުލެޓްރީ ކެޕްޗަރ' ނުވަތަ 'އިކޮނޮމިކް އިންފްލުއެންސް' ކިޔައެވެ.

ނަމަވެސް މި މަޝްރޫޢުން މި ކަން މިގޮތަށް ހިނގައިދާނެ ކަމަށް ބެލެވޭ ހެއްކެއް އަދި ނެތެވެ. ސަބަބަކީ އަދި ޤާނޫނަށް ގެންނަންއުޅޭ ބަދަލު އެނގިފައި ނެތީމައެވެ. މިކަން ބިނާވެގެންދާނީ ޤާނޫނު ހިންގުމާއި، އެކައުންޓަބިލިޓީ ބެލެހެއްޓޭ މިންވަރެއްގެ މައްޗަށެވެ.

އޮޕަޗުނިޓީ ކޮސްޓް: މި ބިން އެހެން ގޮތަކަށް ބޭނުންކުރެވިދާނެތޯ؟ ހުޅުމާލެ ޑިވެލޮޕްވި ގޮތަށް ރަސްމާލެ ޑިވެލޮޕްވާނެތޯ؟

މިއީ ބަހުސްގެ މައިގަނޑު ނުކުތާއެވެ.

ރަސްމާލެ ބިމުގެ އިޚްތިޔާރީ ބޭނުންތަކުގެ ތެރޭގައި:

  • ލޯކަލް ހައުސިންގ ސިޓީ
  • މެދު ފަންތީގެ ފްލެޓް މަޝްރޫޢު
  • ޔުނިވަރސިޓީ އަދި ރިސާރޗް ސިޓީ
  • ޓެކްނޮލޮޖީ ޕާކް
  • ލޮޖިސްޓިކްސް އަދި މެރިޓައިމް ޒޯން
  • ބިދޭސީ މުވައްޒަފުންގެ ވަސީލަތް ސިޓީ

ހިމެނެއެވެ.

އިޤްތިޞާދީ ބަހުން މިއަށް ކިޔަނީ Opportunity Cost އެވެ. އެބަހީ އެއް ގޮތަކަށް ބިން ބޭނުންކުރުމުން، އެހެން ގޮތަކަށް ލިބެން އޮތް ފައިދާ ގެއްލުމެވެ.

Eagle Hills އަށް އެހެން ރަށެއް، ދެވިދާނެ ނޫންތޯ؟

މިއީ ބައެއް މީހުން އަހާ ސުވާލެވެ.

މަޝްރޫޢު އާއި ދެކޮޅު މީހުން ބުނަނީ:

"ބިދޭސީ ލަގްޒަރީ މަރީނާ އެއް ހެދުމަށް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދެވިދާނެ. ނަމަވެސް މާލެ އާއި ވެލާނާ އެއަރޕޯޓާއި ގުޅޭ ބިމަކީ އާއްމު ފަރުދުންނަށް ޚާއްސަ ތަނެއް"

މަޝްރޫޢު އާއި އެއްކޮޅު މީހުން ބުނަނީ:

"މި މަޝްރޫޢުގެ އެންމެ ބޮޑު އިޤްތިޞާދީ ބާރަކީ މާލެ މެޓްރޯޕޮލިޓަން އޭރިޔާގައި ހުރުމެވެ. ދުރު ރަށެއް ދީފިނަމަ އިންވެސްޓަރުގެ ޝައުޤު ކުޑަވެދާނެ."

ނިންމުން

ރަސްމާލެ  Eagle Hillsގެ މަޝްރޫޢަކީ ދެފުށްއޮތް ތަރައްޤީ ނިންމުމެކެވެ.

އެއް ފުށުން ލިބިގެންދަނީ:

  • ބިދޭސީ ފައިސާ
  • ޓޫރިޒަމް ތަރައްޤީ
  • މަސައްކަތު ފުރުސަތު
  • އާ އިޤްތިޞާދީ ނަމޫނާ

އަނެއް ފުށުން ގެއްލިގެން ދަނީ:

  • ލޯކަލް ހައުސިންގ ފުރުސަތު
  • އަންނަން އޮތް ޖީލުތަކުގެ ބިން
  • ގްރޭޓަރ މާލޭ އޭރިއާރ ތޮތްޖެހުން ހައްލުކުރުމުގެ ވަސީލަތް

މީގެ އިތުރަށް މި މަޝްރޫއު އާއި ގުޅިގެން އެންމެ މުހިންމުކޮށް އެނގެން ބޭނުންވާ ބައެއްކަންކަމަކީ؛

ރަސްމާލޭގެ ބިދޭސީ ވަޒަންވެރިންނަށް ޤާނޫނީ ގޮތުން ދިވެހިންނަށް ލިބިނުދޭ އިޚްތިޔާރު އަދި އިސްތިސްނާ ލިބިގެން ދާނެތޯއެވެ؟ ދިވެހިންގެ ބަހައްވުރެ މުއްސަދި ބިދޭސީންގެ ބަސް މިޤައުމުގައި ވަރުގަދަ ވެދާނެތޯއެވެ؟ ބިދޭސީން ބޭނުންވާ ގޮތަށް ޤާނޫނުތައް ބަދަލުވާން ފަށާނެތޯއެވެ؟ ދިވެހިން މައިނޯރިޓީއަށްވެ، ބަސްނުވިކޭ އޮޑިއެއްގެ ކެޔޮޅަށްވާހެން ވެދާނެތޯއެވެ؟

މިސުވާލު ތަކުގެ ޖަވާބު ހޯދުމަކީ، މި ބަހުސްގެ ހަޤީޤީ މައިގަނޑު މަޤްޞަދެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all