Info Featured

ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން ފެށުމާ ބެހޭގޮތުން އަނެއްކާވެސް އިތުރު ވާހަކައެއް

Advertisement
ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން ފެށުމާ ބެހޭގޮތުން އަނެއްކާވެސް އިތުރު ވާހަކައެއް
ފޮޓޯ: ސަން
ތަފްޞީލް

'އަހާ ފޯރަމް'ގައި އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމާ ބެހޭގޮތުން އަނެއްކާވެސް އަމީން ވާހަކަ ދައްކަވައިފިއެވެ.


މި ފޯރަމްގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނީ، އިނގިރޭސި ވިލާތުގެ އެސެސްމަންޓުގައި ހުރި އުސޫލުތަކާ އެއްގޮތަށްކަމަށެވެ.


މި ޚިދުމަތް ފަށަން މިހާތަނަށް މިނިސްޓަރު އެކި ތާރީޚުތައް ދެއްވި ނަމަވެސް، ޚިދުމަތް ފެށޭހިސާބަށް މަސައްކަތްތައް ދިޔަހެން ހިއެއްނުވެއެވެ. މިހާރު ހީވަނީ ހެލިކޮޕްޓަރގެ ވާހަކަ ދެއްކެވުނީތީ އެއިން ސަލާމަތް ނުވެވިގެން އުޅޭހެންނެވެ. 


މިނިސްޓަރު އަމީން ވިދާޅުވީ، އެއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މިގޮތުން، ފަތުރުވެރިކަމާއި އެއާޕޯޓުތައް ނެތް ރަށްރަށުން ބަލި މީހުން އުފުލަން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުން ފަސޭހަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.


ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓިފައި އޮންނަތާ 25 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، އެ ކަމަށް ބޭނުންވަނީ ހަމައެކަނީ އޮޕަރޭޓަރުން އެކަނި ނޫން ކަމަށާއި، އެގޮތުން، ސިވިލް އޭވިއޭޝަނާއި ސަލާމަތީ މިންގަނޑަށް ވެސް މީހުން ބޭނުންވާކަން އަމީން ފާހަގަކުރެއްވިއެވެ.


"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޚިދުމަތް ފަށަން މިހާރު ނިންމާފައި އޮތީ، އިނގިރޭސިވިލާތުގެ ޔޫކޭ ސީއޭގެ އެސެސްމަންޓުތަކުގައި ދެއްވާފައި ހުރި ގައިޑްލައިނާ އެކީގައި،" އަމީން ވިދާޅުވިއެވެ.


އެ އުސޫލުތަކަށް ރިއާޔަތްކުރަނީ، ދިމާވެދާނެ ސިއްހީ ހާލަތްތަކުން ރައްކާތެރިވުމަށް ކަމަށާއި އެންމެ ފުރަތަމަ މިކަން ކުރިއަށް ނުދިޔަކަން އަމީން ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު ޚިދުމަތް ދިނުމަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއެކު ކުރިއަށްދާ ކަމަށާއި ޚިދުމަތް ފެށުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ތެރޭ ނިންމޭ ހިސާބަށް މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ


ހެލިކޮޕްޓަރަކީ ރާއްޖޭގެ މާހައުލާ ގުޅޭ އުޅަނދެއްނޫނެވެ. އެއީ ރަށްރަށުގެ މާހައުލަކީ ވެއްޔާއި ހިރަފުހުގެ މާހައުލަކަށްވެފައި ސީދާ ހެލިޕޭޑް ހެދިފައި ނެތުމުގެ ސަބަބުން ލޭންޑްކުރާ ވަގުތު މުޅި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ލޮލަށްބޮލަށާއި ގޯތި ގެދޮރަށް ހިރަފުހާއި ވެލި ބުރުވާލުމަކީ ވަރަށް އާންމުކަމެކެވެ. 


ރާއްޖޭގައި އެންމެފަހުން ދުއްވީ ހަމިންބާރޑް ހެލިކޮޕްޓަރެވެ. ހެލިކޮޕްޓަރ ދުއްވުން ހުއްޓުނީ ހަމިންބާރޑް ހެލިކޮޕްޓަރެއް ކަނޑަށް ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވުމާ ގުޅިގެންނެވެ.



Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް