ނޭޕާލުގައި ފެންބޮޑުވެގެން ގެއްލިފައިވާ މީހުންގެ 4000 ހާހުން މައްޗަށް އަރައިފި

Placeholder banner 2Placeholder banner 3Placeholder banner 1
ނޭޕާލުގައި ފެންބޮޑުވެގެން ގެއްލިފައިވާ މީހުންގެ 4000 ހާހުން މައްޗަށް އަރައިފި
ތަފްޞީލް

ނޭޕާލާއި ޓިބެޓް ގުޅޭ ސަރަޙައްދު ކަމުގައިވާ ހިމާލަޔާ ފަރުބަދަތަކުން ގަނޑުފެން ނެއްޓި، ދިމާވި ފެންބޮޑުވުމުގެ ކުއްލި ހާދިސާ އާއި ގުޅިގެން ގެއްލިފައިވާ މީހުންގެ ޢަދަދު 4000 އަށްވުރެ މައްޗަށް އަރައިގެން ހިނގައްޖެ ކަމަށް ގެއްލިފައިވާ މީހުން ހޯދުމަށް މަސައްކަތް ކުރާ ގްރޫޕްތަކާއި ނޭޕާލުގެ ޑިޒާސްޓަރ މެނޭޖްމަންޓް އިދާރާ އާއި ހަވާލާދީ ނޭޕާލުގެ މީޑިއާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 600 އެއްހާ މީހުން އުޅޭ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

 

ނޭޕާލުގައި ހިނގި މިހާދިސާގައި މަރުވި މީހުންގެ ޢަދަދުވެސް މިހާރު 1000 ފަހަނައަޅައި ހިނގައްޖެ ކަމަށް ނޭޕާލުގެ ކަމާގުޅުންހުރި އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އެއްފަހަރާ (ވަޅުލުން ނުވަތަ އަންދާލުން) ނައްތާލުމުގެ މަސައްކަތް ނޭޕާލުގެ ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

ފެންބޮޑުވުމުގެ ހާދިސާ އެންމެ ބޮޑަށް ދިމާވި ތްރިޝޫލީ ކޯރުގެ އައްސޭރިތަކާއި، ގުޅިފައިވާ ވާދީތަކުގައި މީހުން ސަލާމަތް ކުރުމަށް ޙަރަކާތްތަކުގައި 12 ހާހަށްވުރެ ގިނަ މީހުން، ނޭޕާލުގެ އަސްކަރިއްޔާއިން ވަނީ ރައްކާތެރި ސަރަޙައްދު ތަކަށް ބަދަލުކޮށްފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި، ބަންދުވެފައިވާ ޓަނަލްތަކާއި ހޮހަޅަތަކުގައި ތާށިވެފައިވާ މީހުން އެތަންތަނުން ނެރުމަށްޓަކައި ބަންދުވެފައިވާ ތަންތަނުން މަގު ހެދުމަށްޓަކައި ގޮވާތަކެތި ބޭނުން ކުރަމުންދާ ކަމަށްވެސް ނޭޕާލުގެ އަސްކަރިއްޔާ އާއި ހަވާލާދީ ޑިޒާސްޓަރ މެނޭޖްމަންޓް އިދާރާއިން މައުލޫމާތު ދެއެވެ.

 

ނޭޕާލުގައި ހިނގާ މިދިޔަ ފެންބޮޑުވުމުގެ ކުއްލި ހާދިސާ އާއި ގުޅިގެން އަވައްޓެރި ޤައުމު ތަކުންވެސް ދަނީ އެހީގެ ސާމާނާއި ސިއްޙީ ދާއިރާ އާއި އެހެނިގެން ފަންނީ މީހުންގެ އެހީތެރިކަންވެސް ފޮނުވަމުންނެވެ. 


Share this article: Facebook Twitter WhatsApp
Related Articles