News Featured

މުޒާހަރާކުރި ދަރިވަރުންގެ ހިމާޔަތުގައި ފުލުހުންގެ ކުރިމަތީގައި ހުއްޓުނު ފްރާންސްގެ މޭޔަރަށް ކަރުނަގޭހުގެ ހަމަލާއެއް!

Advertisement
މުޒާހަރާކުރި ދަރިވަރުންގެ ހިމާޔަތުގައި ފުލުހުންގެ ކުރިމަތީގައި ހުއްޓުނު ފްރާންސްގެ މޭޔަރަށް ކަރުނަގޭހުގެ ހަމަލާއެއް!
Photo: Plataforma
ތަފްޞީލް

ފްރާންސްގެ ޕެރިސްގެ އަވަށެއް ކަމަށްވާ ސެއިންޓް-ޑެނިސްގެ މޭޔަރު ބާލީ ބަގަޔޯކޯ، މުޒާހަރާކުރަމުންދިޔަ ކުދިންގެ ހިމާޔަތުގައި ފުލުހުންގެ ކުރިމަތީގައި "އިންސާނީ ނިވާފަތްގަނޑެއް" ގެ ގޮތުގައި ހުއްޓިވަޑައިގަތުމުން ފުލުހުން ދިން ކަރުނަގޭހުގެ އަސަރު އޭނާއަށްކޮށް، ފަރުވާދޭންޖެހިއްޖެއެވެ.

 

މި ހާދިސާ ހިނގާފައިވަނީ ސްކޫލްތަކުގެ ހާލަތު ރަނގަޅުކުރުމަށާއި، ވަސީލަތްތައް އިތުރުކުރުމަށް އެދި ފްރާންސްގެ ސކޫލް ދަރިވަރުންނާއި ޒުވާނުން ކުރިއަށްގެންދިޔަ ބޮޑު މުޒާހަރާގެ ތެރޭގައެވެ. މުޒާހަރާގެ ތެރެއަށް ރަޔަޓް ފުލުހުން ވަދެ ބާރުގެ ބޭނުންކުރަން ފެށުމުން، 53 އަހަރުގެ މޭޔަރު ވަނީ ދަރިވަރުންނާއި ފުލުހުންގެ މެދުގައި ހުއްޓި، ފުލުހުން ކުރިއަށްޖެހުން ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ.

 

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުލުހުން ޖެހި ކަރުނަގޭހުގެ ސަބަބުން މޭޔަރުގެ ލޮލަށް އަސަރުކޮށް، ސޭލައިން ބޭނުންކޮށްގެން ލޯ ދޮންނަންޖެހުނެވެ.

 

މި ހާދިސާއަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޭޔަރު ބާލީ ބަގަޔޯކޯ ވިދާޅުވީ، އޭނާއަކީ އަނިޔާވެރިކަމަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ނަމަވެސް އޭނާގެ އަވަށުގެ ރައްޔިތުންނާއި ދަރިވަރުންގެ ހައްގުގައި ހުއްޓެންޖެހުނު ކޮންމެ ދަނޑިވަޅެއްގައި ހުއްޓޭނެ ކަމަށެވެ. އަދި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި، ސަރުކާރުން ދަރިވަރުންގެ ޖަމިއްޔާތަކާއެކު މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް އޭނާ ވަނީ ރައީސް އިމަނުއެލް މެކްރޮންއަށް ގޮވާލައްވާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް