World Featured

މިރުސް އިންސާނާ ބަލިކޮށްފި. މިކަން ވުން އެކަށީގެންވަނީ ކިހިނެއް؟!

Placeholder banner 2Placeholder banner 3Placeholder banner 1
މިރުސް އިންސާނާ ބަލިކޮށްފި. މިކަން ވުން އެކަށީގެންވަނީ ކިހިނެއް؟!
ތަފްޞީލް

ސުވިސްޓްޒަލޭންޑުގެ ބަގީޗާވެރިޔަކު ވަނީ އިންސާނެއްގެ އަތާ އެއްވަރުގެ ބޮޑު މިރުހެއް ހައްދައިގެން ދަނޑުވެރިކަމުގެ ދާއިރާއިން އާންމުކޮށް ގަބޫލުކުރެވޭ މިންގަނޑުތައް ބަދަލުކޮށްލާފައެވެ. ގިނަސް ވާރލްޑް ރެކޯޑުން ޖާގަ ހޯދާފައިވަނީ ޖާގަން ވިސްލީ، ސުވިސްޓްޒަލޭންޑުގެ ދޯޒްވިލްގައި ބޭއްވި ހަރަކާތެއްގައި 52.5 ސެންޓިމީޓަރު (1 ފޫޓު 8.6 އިންޗި) ގެ ދިގު މިރުހެއް ހުށަހަޅައިގެންނެވެ. އާދައިގެ ކައްކާ ރޯލިންގ ޕިންއަކަށްވުރެ ދިގު އަދި ކުޑަކުދިން ކުޅޭ ޓެނިސް ރެކެޓަކަށްވުރެ ބޮޑު މި މިރުހަކީ، ވިސްލީ 10 އަހަރަށްވުރެ ގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީޖާއެވެ. މިއީ އޭނާ މި ރެކޯޑު ޖެހިޖެހިގެން މުގުރާލި 3 ވަނަ ފަހަރެވެ.


މި އާދަޔާޚިލާފު ކާމިޔާބީގެ ސިއްރަކީ ބަގީޗާހެއްދުމުގެ މާހިރު އުކުޅުތަކާއި ޚާއްޞަ ޖެނެޓިކް ސިލްސިލާއެކެވެ. "ޖޯއެ ލޯންގް" ކެޔެން މިރުހުގެ ބާވަތުން ފަށައިގެން، ވިސްލީ ވަނީ 10 އަހަރު ދުވަހުގެ ތެރޭގައި "ވިސްލީ ބިގް ލޯންގް" ގެ ނަމުގައި އަމިއްލަ ޚާއްޞަ ބާވަތެއް ތަރައްޤީކޮށްފައެވެ. މި މަސައްކަތުގައި ކޮންމެ މާޗް މަހަކު އިންޑޯ ގްރޯ ލައިޓްސް ދަށުގައި 28 ޑިގްރީ ސެލްސިއަސްގައި އޮށް އިންދާ ގަސްފަޅުވުމަށްފަހު، ގަސްކާނާ ގިނައިން އަޅާފައިވާ ފަސްގަނޑަށް ގަސްތައް ބަދަލުކުރެއެވެ. ވިސްލީ ބުނި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ މިރުސް ދިގުކުރުމެއް ނޫނެވެ. ނަމަވެސް ބަރުދަން އިތުރުވުމުގެ ސަބަބުން މިރުސް އެނބުރި، ތެދަށް ބެހެއްޓުމަށް ކުރާ މަސައްކަތުގައި މިރުސް ގަހުން ނެއްޓިގެން ދިއުމުން ސަލާމަތްކުރުމެވެ.





މިހާ ބޮޑު މިރުހެއް ނަމަވެސް، މިއީ ހަމައެކަނި ދައްކާލަން ހައްދާފައިވާ އެއްޗެއް ނޫނެވެ. ކެބެޖާއި، ކެރެޓާއި، ބީޓްރޫޓް ފަދަ ތަރުކާރީގެ 20 އަށްވުރެ ގިނަ ޤައުމީ ރެކޯޑު ސުވިސްޓްޒަލޭންޑުގައި ހޯދާފައިވާ ވިސްލީ ބުނިގޮތުގައި، މި މިރުސްތައް އަވިން ހިއްކުމަށްފަހު މުގުރައިގެން ތައްޔާރުކުރާ ކާނާގެ ތެރެއަށް އަޅައިގެން ކެއުމަށް ބޭނުން ކުރަނީ އެވެ. 


Share this article: Facebook Twitter WhatsApp
Related Articles