މިއީކޮން ބައްޔެއް؟ ނިއުމޯނިކް ޕްލެގޫ (ތޯޢޫނު ބަލި) އަކީކޮބައި؟ ބަލި ފެތުރޭ ގޮތާއި އޭގެ ނުރައްކާތެރިކަން
ރަޝިޔާގެ ސައިބީރިއާގެ އިރްކުތުސްކް ސަރަހައްދުގައި ހުންނަ ނިއުކްލިއާ/ބަޔޯ-ރިސާޗް އިދާރާއެއްގެ ލެބޯޓްރީ ރިސާޗަރަކު ކުއްލިއަކަށް މަރުވުމާ ގުޅިގެން، އެއީ "ނިއުމޮނިކް ޕްލެގޫ/ޕްލޭގް" (Pneumonic Plague) ނުވަތަ ފުއްޕާމެޔަށް ޖެހޭ ޕްލޭގް ބަލީގެ ކޭސެއް ކަމަށް ޝައްކުކުރެވިގެން ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ އެ މައުލޫމާތު ފަތުރަމުންނެވެ.
ލެބޯޓްރީގައި މަސައްކަތްކުރި އެ ސައިންސްވެރިޔާ މަރުވި ހާދިސާއާ ގުޅިގެން، "ނިއުމޮނިކް ޕްލޭގް" (Pneumonic Plague) އާ މެދު ދުނިޔޭގެ ސަމާލުކަން އަނެއްކާވެސް ވަނީ ހުއްޓިފައެވެ. މިއީ ޕްލޭގް ބަލީގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ އަވަހަށް ފެތުރޭ ބާވަތެވެ. މި ހާދިސާ އާއި ގުޅިގެން ރަޝިޔާއިން ވަނީ މަރުވި ރިސާޗަރާއި ކޮންޓެކްވި ކަމަށް ބެލެވިގެން ގާތްގަޑަކަށް 200 އެންހާ މީހުން މެޑިކަލް އޮބްޒަވޭޝަނަށް ލައިފައެވެ.
ނިއުމޮނިކް ޕްލޭގަކީ ކޮބައި؟
ނިއުމޮނިކް ޕްލޭގަކީ Yersinia pestis ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ފުއްޕާމެޔަށް ޖެހޭ ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. އާންމުކޮށް ކުދި ސޫފިތަކާއި (މީދާ ފަދަ ތަކެތި) އަދި ކުއްތާ-އެކު Fleas (މެހި/ފްލީސް) މެދުވެރިކޮށް ފެތުރޭ "ބިއުބޮނިކް ޕްލޭގް" އާ ޚިލާފަށް، ނިއުމޮނިކް ޕްލޭގް ސީދާ އިންސާނާގެ ފުއްޕާމެޔަށް އަސަރުކުރެއެވެ.
ބަލި ފެތުރެނީ ކިހިނެއް؟
- ވައިގެ މެދުވެރިކޮށް (Respiratory Droplets): މި ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ބޭރުވާ ކުދި ތިކިތަކުގެ މެދުވެރިކޮށް އެހެން އިންސާނުންގެ ހަށިގަނޑަށް ވަރަށް ފަސޭހައިން ބެކްޓީރިއާ ވާސިލުވެއެވެ.
- އިންސާނުންގެ މެދުގައި ފެތުރުން: މިއީ ޕްލޭގް ބަލީގެ ބާވަތްތަކުގެ ތެރެއިން އިންސާނުންގެ މެދުގައި ސީދާ ފެތުރުމުގެ ގާބިލުކަން އޮންނަ ހަމައެކަނި ބާވަތެވެ.
- ބިއުބޮނިކް ޕްލޭގް ބޮޑުވުން: ބިއުބޮނިކް ޕްލޭގް ޖެހި، ރަނގަޅަށް ފަރުވާ ނުދެވިއްޖެނަމަ ބެކްޓީރިއާ ފުއްޕާމެޔަށް ފެތުރި، ނިއުމޮނިކް ޕްލޭގަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ.
ބަލީގެ އަލާމާތްތަކާއި ފަރުވާ:
މި ބަލީގެ އަލާމާތްތައް 1 އިން 3 ދުވަހުގެ ތެރޭގައި ފެންނަން ފަށައެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ގަދައަށް ހުންއައުން، ބޮލުގައި ރިއްސުން، ވަރުބަލިވުން، ކެއްސައި ނޭވާކުރުވުން އަދި ކެއްސާއިރު ލޭއައުން ހިމެނެއެވެ.
މިއީ ފަރުވާ ނުދީފިނަމަ 18 އިން 24 ގަޑިއިރުގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ. ނަމަވެސް، ބަލީގެ ކުރީކޮޅު އެންޓިބަޔޮޓިކް ފަރުވާ ދެވިއްޖެނަމަ މި ބަލިން މުޅިން ރަނގަޅުކުރެވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ބުނާގޮތުގައި، މިހާރު ރަޝިޔާގައި ހިނގައިގެން އުޅޭ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ. އަދި އެހެން ގައުމުތަކަށް މިކަމުގެ ނުރައްކާ އޮތް މިންވަރު ވަރަށް ކުޑަކަމަށްވެސް އެޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
