Health Featured

"މި ކާނާއިން ހަކުރާއި ޕްރެޝާރ ރަނގަޅުވާނެ" ކާބޯ ތަކެތީގެ އިސްތިހާރުތަކައި މެދު އެމްއެފްޑީއޭ ގެ ބޮޑު އިންޒާރެއް!

Advertisement
"މި ކާނާއިން ހަކުރާއި ޕްރެޝާރ ރަނގަޅުވާނެ" ކާބޯ ތަކެތީގެ އިސްތިހާރުތަކައި މެދު އެމްއެފްޑީއޭ ގެ ބޮޑު އިންޒާރެއް!
Photo: Maldives voice
ތަފްޞީލް

" މި ބުއިމުން ހަކުރުބަލި ފަސޭހަވާނެ"މާކެޓަށް ނުކުންނަ ބައެއް ބުއިންތަކާއި، އަމިއްލަ އުފެއްދުންތަކުގެ ޕެކެޓްތަކުގައި

 "މިއީ ޕްރެޝަރު ދަށްކޮށްދޭ އެއްޗެއް" ކަމަށް ބުނެ ލިޔެފައި ހުންނަ އިޝްތިހާރުތައް ސޯޝަލް މީޑިއާއިންނާއި ފިހާރަތަކުގެ ޕޯސްޓްތަކުން ފެނުމަކީ އާންމު ކަމެކެވެ. ނަމަވެސް، މިއީ ހަގީގަތުގައިވެސް ސައިންސާއި މެޑިކަލް ދިރާސާތަކުން ސާބިތުވެފައިވާ ކަންކަން ހެއްޔެވެ؟

އެމްޑީއެފްޑީއޭ އިން ބުނެފައިވަނީ ރާއްޖޭގައި އުފައްދާ އަދި ބާޒާރުގައި ވިއްކަން ހުންނަ ގިނަ ކާބޯތަކެތިން ލިބޭކަމަށް ދައުވާކުރާ ސިއްޙީ ފައިދާތަކަކީ ސައިންޓިފިކް އެއްވެސް ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ކަންކަމެއް ނޫން ކަމަށެވެ.

💡 ކާބޯތަކެތީގެ ލޭބަލްތަކުން އޮޅުވާލަނީ ކިހިނެއް؟

އާންމުކޮށް ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކަން ކަން އޮޅުވާލައެވެ.  ދެ ބަޔަކަށް

ނިއުޓްރިޝަނަލް ކްލެއިމްސް (Nutritional Claims): "ޝުގަރ ފްރީ" ނުވަތަ "ފެޓް ފްރީ" ކަމަށް ބުނެ ލޭބަލްކުރުން ނަމަވެސް އޭގެ ބަދަލުގައި އެހެން ކެމިކަލްތަކާއި މަސްނޫއީ ރަހަތައް ގިނައިން ހިމަނާފައި ހުރުން

ހެލްތު ކްލެއިމްސް (Health Claims): ކާބޯތަކެތީގެ ބާވަތަކުން ވަކި ބައްޔެއް ރަނގަޅުވާނެ ކަމަށް ނުވަތަ ސިއްޙީ ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބުނުން

އެމްޑީއެފްޑީއޭގެ އިރުޝާދު

"ވަކި ކާބޯތަކެއްޗަކީ ބޭހެއް ނޫން. ބައްޔަކުން ރައްކާތެރިކޮށްދޭނެ ކަމަށް ނުވަތަ ބައްޔެއް ފަސޭހަކޮށްދޭނެ ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރުކުރުމަކީ ޤާނޫނީ ގޮތުންވެސް މަނާކަމެއް"

🛑 އާންމުން ސަމާލުވާންވީ ކޮން ކަންކަމަކަށް؟

ތަކެތި ގަންނައިރު އިޝްތިހާރުތަކަށް އެކަނި ނުބަލައި، އަމިއްލައަށް ރައްކާތެރިވުމަށް އަންނަނިވި ކަންކަމަށް ސަމާލުވާށެވެ.

ނިއުޓްރިޝަން ފެކްޓްސް: (Nutrition Facts) ބެލުން

ޕެކެޓުގެ ފަހަތުގައިވާ ހަކުރާއި، ލޮނާއި، އަދި ފެޓް ހުރި މިންވަރު ކަށަވަރުކުރާށެވެ.

ބޭހުގެ ބަދަލުގައި ކާބޯތަކެތި ބޭނުންނުކުރުން: "މިވެނި އުފެއްދުމަކުން ހަކުރު ދަށްވާނެ" ކަމަށް ބުނެ ބޭސް ހުއްޓާލުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.

އެމްޑީއެފްޑީއޭގެ ހުއްދަ އޮތްތޯ ބެލުން

⚖️ ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި ލޭބަލްކުރުމުގެ މިނަގަނޑުތަކާއި ޙިލާފަށް، އޮޅުވާލައިގެން ތަކެތި ވިޔަފާރީ ކުރާ ފަރާތްތަކަށް އެމްޑީއެފްޑީއޭ އިން ފިޔަވަޅު އަޅާނެ ކަމަށްވަނީ ބުނެފައެވެ. އެގޮތުން 10000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، ވިޔަފާރި ހުއްދަ ބާތިލްކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް ހިމެނެއެވެ.

💬 އާންމުންގެ ޒިންމާ:

ސިއްޙަތާ ގުޅުންހުރި ސާބިތުނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކުރިން އެއީ ސައިންޓިފިކް ގޮތުން ކަށަވަރުކުރެވިފައިވާ މައުލޫމާތެއްތޯ ބަލާށެވެ! ތިޔައީ ތިބާގެ އާއިލާއާއި ރައްޓެހިންގެ ސިއްޙީ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ!

 


Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް