News Featured

މޭރީ ގްރޭސް މެރުމުން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް މާވިން އިސްތިއުނާފުކޮށްފި!

Advertisement
މޭރީ ގްރޭސް މެރުމުން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް މާވިން އިސްތިއުނާފުކޮށްފި!
Photo: sun
ތަފްޞީލް

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނޭޑާ ގަސްދުގައި މަރާލިކަން ސާބިތުވެ، އުމުރު ދުވަހަށް ޖަލަށް ހުކުމްކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން ވަރްގަސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކޯޓު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މާވިންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ. ބަންދުގައި ހުރި ދުވަސްވަރު އިސްލާމްދީން ގަބޫލުކުރި މާވިން ވަނީ އޭނާގެ ނަން "ޔޫސުފް" އަށް ބަދަލުކޮށް، އެކަން އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.

މި މައްސަލައިގައި މާވިންއަށް އެހީތެރިވިކަން ސާބިތުވި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަޙްމާން 15 އަހަރަށް ޖަލަށް ހުކުމްކޮށްފައިވެއެވެ. އޭނާގެ މައްޗަށް މެރުމުގައި ބައިވެރިވުމުގެ ކުށުގެ އިތުރުން، އެހެން މީހެއްގެ މުދާ ހުއްދައެއްނެތި ބޭނުންކުރުމާއި ހުއްދަ ނެތި ކަމެއް ކުރުމުގެ ކުށް ސާބިތުވެފައިވެއެވެ.

އޮކްޓޯބަރު 2021 ގައި ހިންގި މި ޖަރީމާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ދައުލަތުން ބުނެފައިވަނީ، މާވިންއަކީ މޭރީގެ ފިރިމީހާގެ އިތުރުން އެ ދެމަފިރިންގެ ދަރިފުޅުގެ ބައްޕަ ކަމަށާއި، އަދި އޭނާއަކީ ނަރުހެއް ކަމަށެވެ. މާވިންގެ އަމަލުން އެއްވެސް ކުލުނެއް ނެތްކަން ހާމަވާތީ، ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ދައުލަތުން އެދިފައިވެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް