މެލޭޝިއާގެ ސުކޫލެއްގެ ދަރިވަރަކު މުދައްރިސަކަށް ކޯރާޑިއަކުން ޙަމަލާދީ، ސޯޝަލް މީޑިއާގައި ލައިވްކޮށްފި!
މެލޭޝިއާގެ ސަރަވަކްގެ ކޫޗިންގްގައި ހުންނަ ޕްރައިވެޓް ސުކޫލެއްގައި 16 އަހަރުގެ ފިރިހެން ދަރިވަރަކު، އޭނާގެ މުދައްރިސަކަށް ކޯރާޑިއަކުން ޙަމަލާދީ އެ ހާދިސާ ސޯޝަލް މީޑިއާގައި ލައިވްސްޓްރީމްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންނާއި ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަރިވަރު ވަނީ ފޯނު ބޮލުގައި ހަރުކޮށްގެން ފޭސްބުކް މެދުވެރިކޮށް އެ މަންޒަރުތައް ލައިވްކޮށްފައެވެ. އޭނާ ކްލާސްރޫމަށް ވަދެ އަންހެން މުދައްރިސަކަށް ޙަމަލާދިނުމުގެ ސަބަބުން މުދައްރިސްގެ އަތަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ. ނަމަވެސް، ކްލާހުގައި ތިބި އެހެން ދަރިވަރުން ވަނީ ރައްކާތެރިކަމާއެކު އެތަނުން ނުކުމެފައެވެ. އަދި ބައެއް ދަރިވަރުން ވެގެން ހަމަލާދިން ކުއްޖާ ހުއްޓުވައި، އޭނާގެ އަތުން ކޯރާޑި އަތުލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
A 16-year-old Malaysian student attacked his teacher and fellow school pupils with an axe in an assault that he streamed live on social media. https://t.co/FBmY08khrj
— Al Jazeera English (@AJEnglish) October 22, 2026
މި ހާދިސާގައި އެއްވެސް އިތުރު ދަރިވަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އަނިޔާވި މުދައްރިސަށް ވަނީ އެކަށީގެންވާ ފަރުވާ ދީފައެވެ.
މެލޭޝިއާގެ ކަމާބެހޭ އޮތޯރިޓީތަކުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އެ ވީޑިއޯ ނަގައިފައެވެ. އަދި ހައްޔަރުކުރެވުނު 16 އަހަރުގެ ކުއްޖާ މިހާރު ވަނީ ނަފްސާނީ ތަހުލީލުތަކެއް ހެދުމަށްޓަކައި ހޮސްޕިޓަލުގެ ސައިކިއޭޓްރިކް ވާޑަށް ބަދަލުކޮށްފައެވެ.