Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
World Featured

ކޭންސަރު ބަލިޖެހިފައިވާ މާމަ ކުނިގޮނޑަށް އެއްލާލި މައްސަލައިގައި ކުށްޤަބޫލުކޮށްފި!

ކޭންސަރު ބަލިޖެހިފައިވާ މާމަ ކުނިގޮނޑަށް އެއްލާލި މައްސަލައިގައި ކުށްޤަބޫލުކޮށްފި!
Photo: X
ތަފްޞީލް

އިންޑިޔާގެ މުންބާއީގައި ހަމުގެ ކޭންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ 60 އަހަރުގެ މުސްކުޅި އަންހެނަކު، ބަލި މީހާ ބެލެހެއްޓުމުގެ މާލީ އަދި ނަފްސާނީ ތަކުލީފުތަކާހުރެ އޭނާގެ މާމަދަރިފުޅު ކުނިގޮނޑަކަށް އެއްލާލި ހިތާމަވެރި ޙާދިސާއެއް ހާމަވެއްޖެއެވެ.


އިންޑިޔާގެ މައިގަނޑު ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަޝޯދާ ގައިކްވާޑް ނަމަކަށް ކިޔާ މި އަންހެންމީހާ ފެނިފައިވަނީ މުންބާއީގެ އާރޭ ކޮލޮނީ ސަރަޙައްދުގެ ކުނިފުނިތަކުގެ ތެރޭގައި ވަރަށް ދެރަހާލުގައި އޮއްވައެވެ. ފުލުހުންގެ ތަޙްޤީޤަށް ފުރަތަމަ އޭނާގެ މާމަދަރިފުޅު ވަނީ އެއީ މާމަ އަމިއްލައަށް ގެއިން ނުކުމެގެން ގޮސް ވީގޮތެއް ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައެވެ. ނަމަވެސް އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުން، ދެމެދުގައި ހިނގި ކަންތައްތަކުގެ ތަފްސީލު ސާފުވެ، މާމަދަރިފުޅު ވަނީ އޭނާ މާމަ ކުނިގޮނޑަށް އެއްލާލިކަމަށް އެއްބަސްވެފައެވެ.




ފުލުހުންގެ ސުވާލުކުރުންތަކުގައި އޭނާ ބުނެފައިވަނީ، މާމައަށް ކޭންސަރުގެ އިތުރުން ނަފްސާނީ މައްސަލަތަކެއްވެސް ހުރުމުގެ ސަބަބުން ބެލެހެއްޓުމުގެ ބުރަ ބޮޑުވެ، ހޮސްޕިޓަލްތަކަށް އެޑްމިޓްކުރަން ކުރި މަސައްކަތް ނަކާމިޔާބުވުމުން މިފަދަ ނުރައްކާތެރި ފިޔަވަޅެއް އަޅަން މަޖުބޫރުވީ ކަމަށެވެ.


މި ޙާދިސާއާ ގުޅިގެން މުންބާއީ ފުލުހުން ވަނީ އިހުމާލުވުމާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާނުލުމުގެ ޤާނޫނުގެ ދަށުން އޭނާގެ އާއިލާގެ މެންބަރުންނާ ދެކޮޅަށް މައްސަލަ ރެޖިސްޓްރީކޮށްފައެވެ۔ އަދި ހާލު ދެރަވެފައިވާ އެ އަންހެންމީހާއަށް ވަނީ ވަގުތުން ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all