ޖޯޑަންގެ ކްރިސްޓިއަން މިސްކިތެއްގައި ބޭއްވި ޖަނާޒާއަކަށް ހަތިޔާރުއެޅި ބަޔަކު ހަމަލާދީ 7 މީހުން މަރާލައިފި!
ޖޯޑަންގެ ދެކުނުގައިވާ ކަރަކް ސަރަހައްދުގެ އަވަށެއްގައި ހުންނަ ގްރީކް އޯތޮޑޮކްސް ފެންވަރުގެ އަޅުކަންކުރާ މިސްކިތެއްގައި (ޗާޗެއްގައި) ބޭއްވި ޖަނާޒާއެއްގެ ތެރެއަށް ހަތިޔާރުއެޅި ބަޔަކު ވަދެ ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކެއްގައި މަދުވެގެން 7 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ސީސީޓީވީ ފޫޓޭޖްތަކުންނާއި ސާވިލެންސް ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރެއްގައި އައި ހަތިޔާރުއެޅި ތިން މީހަކު ވަނީ 150 އާއި 200 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވެ ތިބި ޖަނާޒާގެ ތެރެއަށް ވަދެ، ހުއްޓުމެއް ނެތި ބަޑިޖަހާފައެވެ. މި ހަމަލާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
BREAKING: New footage shows the moment Islamists entered a church in Jordan and began slaughtering worshippers. Six have been confirmed dead, with dozens more injured. https://t.co/piHLcVnhd0
— Eyal Yakoby (@EYakoby) October 23, 2026
ޖޯޑަންގެ ކަމާބެހޭ އިދާރާތަކުން މިއީ ހައްދުފަހަނައެޅި ހައްދުފަހަނައެޅި އަދި ޓެރަރިސްޓް ޖަމާއަތަކުން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ހަމަލާދިން މީހުން ހޯދުމަށް ފުޅާ ދާއިރާއެއްގައި ވަނީ އޮޕަރޭޝަނެއް ފަށާފައެވެ.
މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ޖޯޑަންގެ ރަސްގެފާނު އަބްދުއްﷲ ދެވަނަ ވަނީ މިއީ ގައުމީ އެއްބައިވަންތަކަން ނަގާލަން ދިން ފިނޑި ހަމަލާއެއް ކަމަށް ވިދާޅުވެ ކުށްވެރިކުރައްވާފައެވެ. އަދި ހަމަލާދިން ފަރާތްތަކަށް ހައްގު އަދަބު ދެއްވާނެ ކަމުގެ އިންޒާރު ދެއްވަމުން، ޒަޚަމްވި މީހުންނަށް ޒިޔާރަތްކުރައްވާ ހާލު ބައްލަވާފައެވެ.
މި ހާދިސާއާ ގުޅިގެން ޖޯޑަންގައި ވަނީ ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށް، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި ބައިނަލްއަގުވާމީ ދުނިޔޭގެ އެކި ގައުމުތަކުންވެސް ވަނީ އަޅުކަންކުރާ ތަނަކަށް ދިން މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.