އިއްޔެއިން މިއަދަށް އެންމެ ގިނައިން ވާރެ ވެހުނީ އައްޑޫ ގަމަށާއި ގދ. ތިނަދޫ އަދި ހުޅުމާލެއަށް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރެ ވެހިފައިވަނީ އައްޑުއަތޮޅު ގަމަށާއި، ހުވަދުއަތޮޅު ތިނަދޫ އަށާއ ކާފުއަތޮޅު ހުޅުމާލެއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑް ތަކުން ދައްކައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފއިވާ މައުލޫމާތަށް ބަލާއިރު 2026 ސެޕްޓެމްބަރު 11 ހެނދުނު އަށަކުން 2026 ސެޕްޓެމްބަރު 12 ހެނދުނު އަށަކަށް އަތޮޅު ގަމަށް 183 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހުވަދުއަތޮޅު ތިނަދޫއަށް 87.6 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި ކާފުއަތޮޅު ހުޅުމާލެއަށް 86.4 މިލިމީޓަރުގެ ވާރެ ވެހުނު ކަމަށް ރިކޯޑް ކުރެވިފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން 2026 ސެޕްޓެމްބަރު 12 ވަނަ ދުވަހު މެންދުރު ކުރީގެ ވަގުތެއްގައި ވަނީ ވަނީ ށަވިޔަނި އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރެ ވޭހޭނެ ކަމަށާއި ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރޭވޭ ކަމަށް ވަނީ އެލާޓްގައި ބަޔާން ކޮށްފައެވެ.
