weather
5 stories tagged weather
ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި!
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު، އެކި ހިސާބުތަކަށް އެކެކެންސީން ވާރޭވެހުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
Ismail
2 days ago
އިންޑިޔާއަށް ބާރުގަދަ ސައިކްލޯން އަރްނަބް ޖެހި، 180،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފި
އިންޑިޔާގެ އިރުމަތީ ކަނޑުފަރާތަށް ސައިކްލޯން އަރްނަބް ޖެހުމުން، ބާރުގަދަ ވައިގަނޑާއި ވާރޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދިމާވެއްޖެއެވެ. އާންދްރާ ޕްރަދޭޝް އަދި އޮޑިޝާއިން 180،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވެއެވެ.
Dhaalu
5 days ago
މޫސުމާ ބެހޭ ޚާއްޞަ މައުލޫމާތު: ވައިޓް އެލާޓް
މޫސުން: ވައިޓް އެލާޓް (ތާރީޚް: 12 ސެޕްޓެމްބަރު 2026، ގަޑި: 14:15 އިން 20:00 އަށް)
Nathasha
Sep 12, 2026
އައްޑޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ވެއްޖެ
ޤައުމީ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންއެމްޑީއޭ) މައުލޫމާތު ދެއްވައިގޮތުގައި އައްޑު އަތޮޅު މަރަދޫން އަދި ފޭދޫގެ ބައެއް ގޭގޭގައި ފެންބޮޑު ވެފައިވާ ކަމަށެވެ. އިއްޔެއާއި މިއަދު 70 ވަރަކަށް ގޭގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ވެފައިވާ ވާއިރު 8 މީހަކު ވަނީ ވަހުގުތީ ހިޔާއަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
Thayyib
Sep 12, 2026
އިއްޔެއިން މިއަދަށް އެންމެ ގިނައިން ވާރެ ވެހުނީ އައްޑޫ ގަމަށާއި ގދ. ތިނަދޫ އަދި ހުޅުމާލެއަށް
މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފއިވާ މައުލޫމާތަށް ބަލާއިރު 2026 ސެޕްޓެމްބަރު 11 ހެނދުނު އަށަކުން 2026 ސެޕްޓެމްބަރު 12 ހެނދުނު އަށަކަށް އަތޮޅު ގަމަށް 183 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހުވަދުއަތޮޅު ތިނަދޫއަށް 87.6 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި ކާފުއަތޮޅު ހުޅުމާލެއަށް 86.4 މިލިމީޓަރުގެ ވާރެ ވެހުނު ކަމަށް ރިކޯޑް ކުރެވިފައި ވެއެވެ.
Nathash
Sep 12, 2026