Over 1,200 Palestinians displaced from their homes due to Israeli aggression!
އިސްރާއީލުގެ އިޙްތިލާލީ ބާރުތަކުން ފަލަސްޠީނުގެ ހުޅަނގު ކަރިއާއި އިރުމަތީ ޤުދުސްގެ އިތުރުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ ނުރައްކާތެރި އަސްކަރީ އޮޕަރޭޝަންތަކާއި ގެދޮރު ސުންނާފަތި ކުރުމުގެ ޢަމަލުތަކުގެ ސަބަބުން 1,200 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ގެދޮރުން ނެރެ މަގުމަތިކޮށްފައިވާކަން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެކުވެރި ދައުލަތްތަކުގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާތަކާއި ހިއުމަން ރައިޓްސް ވޮޗްއިން ޝާއިޢުކޮށްފައިވާ ރިޕޯޓުތަކުގައިވާ ގޮތުން، އިސްރާއީލު ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިންގެ ޙަމަލާތަކުގައި ފަލަސްޠީނުގެ ޢާއިލާތަކުގެ ގެތައް ސުންނާފަތިކޮށް، އަމިއްލަ ބިމުން ނެރެމުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ. މި ފަހަކަށް އައިސް ޚާއްޞަކޮށް ޚަލީލް (ހެބްރޮން) އާއި ސިލްވާން އަދި ރެފިއުޖީ ކޭމްޕްތަކުގައި ޢާންމުންގެ ގެދޮރަށް ވަދެ، މަޖުބޫރުން ނެރެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
This is not Gaza. This is Hebron today. The Israeli occupation has begun destroying Palestine’s economic capital, a city that accounts for 75% of the country’s production in the stone and marble, leather and footwear, plastics, glass, oils, dairy, and gold industries. Ethnic cleansing is being inflicted on the Palestinian people everywhere across the land of Palestine.
— Ahmed Nashwan (@ahmed_nashwan1) October 24, 2026
ފަލަސްޠީނުގެ ސަރުކާރުން ބުނެފައިވަނީ އިސްރާއީލުން ހިންގާ މި ސިޔާސަތަކީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ޤަދީމީ ބިންތަކުން އެކީއެކަށް ނައްތާލައި، އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނަށް ފުރުޞަތު ދިނުމަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މި ޙާލަތުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ސަތޭކަ ޢާއިލާއެއް ވަނީ ހިޔާވަހިކަމެއް ނެތި، އިންސާނީ ބޮޑު މުޞީބާތެއްގެ ތެރެއަށް ވެއްޓިފައެވެ.
