Business Featured

އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި.

Advertisement
އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި.
ތަފްޞީލް

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއްމުކޮށް ހުޅުލައިފިއެވެ.

 

އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ހުޅުވާލާފައިވާ ތަންތަނަކީ

1-     ދ. އަތޮޅޫ ކުޑަހުވަދޫ (ފަޅުން 200 ހެކްޓަރު) ފަޅު

2-     ގއ. އަތޮޅު މާރެހާ (15.60 ހެކްޓަރު)

3-     ގއ. އަތޮޅު ޅޮއްސަ، މާކަނާރަޓާއި އަދ ގުޅިފައިވާ ފިނޮޅު (13.56 ހެކްޓަރު)  

4-     ގދ. އަތޮޅު ކަޑެވާރެހާ (50.06 ހެކްޓަރު) އެވެ.

 

ޓޫރިޒަމް މިނިސްޓްރީގެ އާއްމު ކޮށްފައިވާ ގޮތުގައި މި ބީލަމާއި ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 2026 ސެޕްޓެމްބަރު 07 ވަނަ ދުވަހުއެވެ. އަދި 2026 އޮކްޓޯބަރު 5 ވަނަ ދުވަހު ވާޗުއަލްކޮށް ބައްދަލު ވުމެއް ބޭވުމަށްވެސް ވަނީ ތާވަލް ކޮށްފައެވެ. އަދި މީގެ އިތުރުން ބީލަމާގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ބީލަމާގުޅޭ އީމެއިލްއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް