ހއ.މޮޅަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަށް ތައްޔާރުވަނީ
ހއ މޮޅަދޫ ސިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްފަށުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފިއެވެ. މި ލެބޯޓަރީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހެލްތް ސެންޓަރުން ބޭރުގައި އަމިއްލަ މީހެއްގެ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
މިގޮތުން މޮޅަދޫ ސިއްޙީމަރުކަޒުގެ ލެބޯރެޓަރީ އަމިއްލަ މީހެއްގެ ގޭގައި އަމިއްލަ ތަކެތީގައި ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދުމަށް މިހާރުވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ޚިދުމަތް ފެށޭނެ ވަކިތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތް 76 ރަށެއްގައި އެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން އަންނަނީ ބާރުސްޕީޑެއްގައި މަސައްކަތް ކުރަމުންނެވެ.
ހއ. އަތޮޅުގެ ތިން ރަށް ކަމަށްވާ މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ހިދުމަތް މިއަހަރު މާރިޗްމަހު ވަނީ ފަށައިފައެވެ.
