Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

ހިތާމަވެރި ހާދިސާއެއް: ތިބެޓަށް އައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި 16 މީހުން މަރުވެއްޖެ

ހިތާމަވެރި ހާދިސާއެއް: ތިބެޓަށް އައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި 16 މީހުން މަރުވެއްޖެ
https://ddindia.co.in/2026/10/16-killed-32-injured-as-7-0-magnitude-earthquake-strikes-tibet/
ތަފްޞީލް

ޗައިނާގެ ތިބެޓްގެ އެކަހެރި ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ ނާގްޗޫ ސިޓީގެ ބާޗަން ކައުންޓީއަށް (Baqên County) އައި މެގްނިޓިއުޑް 7.0 ގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 16 މީހުން މަރުވެ، 76 މީހަކު ޒަޚަމްވެއްޖެއެވެ. މި ބިންހެލުން އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ، އެ ގައުމުގެ ގަޑިން ގާތްގަނޑަކަށް 10:33 ހާއިރު، ބިމުގެ ގާތްގަނޑަކަށް 10 އާއި 18 ކިލޯމީޓަރާ ދެމެދުގެ ތިލަ ފުންމިނަކަށެވެ . ބިންހެލުން އައި ސަރަޙައްދަކީ ވެރިރަށް ލާސާގެ އުތުރުއިރުމަތިން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮންނަ، ކަނޑުގެ ސަތަހައިން އާދަޔާޚިލާފަށް އުސް އަދި ފިނިހޫނުމިން އިންތިހާއަށް ދަށް ސަރަޙައްދެކެވެ.


މި ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުގެ އާންމުން ދިރިއުޅޭ 339 އަށްވުރެ ގިނަ ގެދޮރު އެއްކޮށް ވެއްޓި ފުނޑުފުނޑުވެފައިވާއިރު، ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ . އަދި ބިންހެލުމާ ގުޅިގެން ފަރުބަދަތަކުން ގާތަކާއި ބިންގަނޑު ކަނޑައިގެން ވެއްޓުމުގެ ސަބަބުން މައި މަގުތައް ބަންދުވެ، ގިނަ އަވަށްތަކަކުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް މުޅިން ކެނޑިގެން ދިޔައެވެ . ފިނިހޫނުމިން ސުމަކަށްވުރެ ދަށުގައި ހުރި މި ދަނޑިވަޅުގައި، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ޗައިނާގެ ކަމާބެހޭ އިދާރާތަކާއި އަސްކަރިއްޔާ އަދި ކުއްލި އެހީދޭ ޓީމުތަކުން ހިމެނޭހެން 1،600 އަށްވުރެ ގިނަ މީހުން ހިމެނޭ ބޮޑު ރެސްކިއު އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.


ޗައިނާގެ ސަރުކާރުން މިހާރު ވަނީ ކުއްލި އެހީގެ ތަކެއްޗާއި، ފިނިން ރައްކާތެރިވުމަށް ބޭނުންވާ ހާއްސަ ހެދުމާއި، ފޭލިގެ އަދި ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ގެއްލުންވި ސަރަޙައްދުތަކަށް ފޮނުވަން ފަށާފައެވެ. ބިންހެލުމަށްފަހު އަދިވެސް ކުދިކުދި ލޮޅުންތައް (aftershocks) އަންނަމުންދާތީއާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދަށް ސްނޯ ވެހޭނެ ކަމަށް ލަފާކުރެވޭތީ، ހާލުގައިޖެހިފައިވާ ރައްޔިތުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ދަނީ އަވަސްކުރަމުންނެވެ .

Topics:
Share this article: Facebook Twitter WhatsApp
Ad #9Learn skills for the futureRobotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Enrol now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all