މާލޭގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް ފުލުހުން ހޯދައިފި؛ ހެންވޭރު ގެއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފި!
މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ވިޔަފާރިކުރަމުންދިޔަ ބޮޑު ނެޓްވޯކެއް ރޫޅާލައި، ހެންވޭރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރިޕޯޓްތައް ގޮތުގައި، ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން، ހެންވޭރުގައި ހުންނަ ގެއެއް (ހ. މާދޫގެ) އެގޭގެ ފްލޯއެއް މުޅި މާލޭގެ އެކި ސަރަހައްދުތަކަށް ބަނގުރާ ފޯރުކޮށްދީ ދައުރުކުރުމަށް ބޭނުންކުރާ މައި "ސަޕްލައި ހަބެއް" ގެ ގޮތުގައި ބޭނުން ކުރާކަމަށް ތުހުމަތު ކުރެއެވެ.
އެ އިމާރާތް ބަލައިފާސްކުރުމުގެ ތެރޭގައި، އެތަނުގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ވަނީ އަތުލައިގަނެފައެވެ. މި އޮޕަރޭޝަނާ ގުޅިގެން މަދުވެގެން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
