Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Technology Featured

ހަނގުރާމަގެ މުސްތަޤުބަލު ބަދަލުކުރަނީ AI: އެމެރިކާގެ ފަންނީ ތަރައްޤީއާ އެކު ބޮޑު ނުރައްކާތަކެއް

ހަނގުރާމަގެ މުސްތަޤުބަލު ބަދަލުކުރަނީ AI: އެމެރިކާގެ ފަންނީ ތަރައްޤީއާ އެކު ބޮޑު ނުރައްކާތަކެއް
Photo: Master Sgt. Whitney Hughes/DVIDS
ތަފްޞީލް

އެމެރިކާގެ އަސްކަރީ ޙަރަކާތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހަލުވި ދުވެއްޔެއްގައި ފުޅާވަމުންދާ މިންވަރާއި، މި ޓެކްނޮލޮޖީގެ ސަބަބުން ޒަމާނީ ހަނގުރާމައިގެ އުޞޫލުތަކަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ނިއުސް އެޖެންސީ ރޮއިޓާސް އިން ޚާއްޞަ ތަޙުޤީޤީ ރިޕޯޓެއް ޝާއިޢުކޮށްފިއެވެ.


މި ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އިން ވަނީ އީރާނާ ދެކޮޅަށް ހިންގި ވައިގެ އަސްކަރީ އޮޕަރޭޝަންތަކުގައި، އޭއައި އަސްކަރީ ސިސްޓަމެއް ކަމަށްވާ 'މޭވެން ސްމާޓް ސިސްޓަމް' (MSS) އިންތިހާއަށް ބޮޑަށް ބޭނުންކޮށްފައެވެ . މިއީ ޕެންޓަގަންގެ އެންމެ ބޮޑު އޭއައި މަޝްރޫޢު ކަމަށްވާ 'ޕްރޮޖެކްޓް މޭވެން' ގެ ދަށުން އެކުލަވާލާފައިވާ އެންމެ ފަހުގެ ޕްލެޓްފޯމެވެ . މި ސިސްޓަމަކީ ސެޓެލައިޓް ފޮޓޯތަކާއި، ޖާސޫސީ ޑްރޯންތަކުން ލައިވްކޮށް ލިބޭ ވީޑިއޯ ފީޑުތަކުގެ އިތުރުން ރޭޑިއޯ ސިގްނަލްތަކާއި ޖާސޫސީ މަޢުލޫމާތުތައް ސިކުންތުކޮޅެއްގެ ތެރޭގައި އެއްކޮށް ދިރާސާކޮށް، ހަމަލާދޭނެ އަމާޒުތައް (ޓާގެޓްތައް) ކަނޑައަޅައި އަސްކަރީ ނިންމުންތައް ވަގުތުން ނިންމުމަށް އެހީތެރިވެދޭ ނިޒާމެކެވެ .


ޕެންޓަގަންގެ ޗީފް ޑިޖިޓަލް އެންޑް އޭއައި އޮފިސަރު (CDAO) ކެމަރަން ސްޓެންލީ ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރިއަށްގެންދިޔަ 38 ދުވަހުގެ އޮޕަރޭޝަންގައި އެކަނިވެސް ގާތްގަނޑަކަށް 13،000 އަމާޒަށް ހަމަލާދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި ސިސްޓަމްގެ އެހީގައެވެ . އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ހަނގުރާމައިގެ މައިދާނަށް ގެނައި އިންގިލާބީ ބަދަލެކެވެ . މީގެ ކުރިން 8 ނުވަތަ 9 ވަކި ސިސްޓަމަކުން ދައުރުކުރަން ޖެހުނު މަޢުލޫމާތުތައް މިހާރު އެންމެ ސްކްރީނަކުން ފެންނަން ހުރުމުން، އަމާޒު ދެނެގަތުމުން ފެށިގެން ހަމަލާދިނުމާ ހަމައަށް ހޭދަވާ ވަގުތު ނުވަތަ 'ކިލް ޗެއިން' ވަރަށް ބޮޑަށް ވަނީ އަވަސްވެފައެވެ. މި ސިސްޓަމްގެ މައިގަނޑު ސޮފްޓްވެއަރ އެމެރިކާގެ ޕަލަންޓީރ (Palantir) ކުންފުނިން ތަރައްޤީކޮށްފައިވާއިރު، ޕެންޓަގަންގެ ރަސްމީ ކޯރ އަސްކަރީ ޕްރޮގްރާމެއްގެ ގޮތުގައި މި ސިސްޓަމް މިހާރު ވަނީ ކަނޑައަޅާފައެވެ.


އެހެންނަމަވެސް، އަސްކަރީ ހަރަކާތްތަކުގައި މިފަދަ ޓެކްނޮލޮޖީއަށް މާ ބޮޑަށް ބަރޯސާވުމަކީ އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ކަމެއް ކަމަށް އަސްކަރީ އަދި ޞުލްޙައަށް މަސައްކަތްކުރާ މާހިރުން އިންޒާރުދެއެވެ . އޭއައި ސިސްޓަމްތަކުން މަޢުލޫމާތު ނުބައިކޮށް ދެނެގަތުމާއި (ހެލޫސިނޭޝަން)، މާހައުލީ ޙަޤީޤަތްތައް ދެނެގަތުމުގައި ކުށް ހެދުމުގެ ސަބަބުން ކުށެއް ނެތް އާންމު ރައްޔިތުން މަރުވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އެގޮތުން ސީއެންއެންގެ ރިޕޯޓްތަކާ ހަވާލާދީ ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާގެ ވިޔަފާރި ބޯޓެއްގައި ނިއުކްލިއަރ ހަތިޔާރާ ގުޅޭ ތަކެތި ހުރި ކަމަށް އޭއައި ނިޒާމުން ދެއްކި ނުބައި މަޢުލޫމާތަކާ ގުޅިގެން، އެމެރިކާގެ ކަނޑުގެ ސިފައިން އެ އުޅަނދަށް އެރުމާ ހަމައަށް ކަންތައްތައް ގޮސް ބޮޑު ޑިޕްލޮމެޓިކް މައްސަލައެއް އުފެދޭ ހިސާބަށް ދިޔައެވެ. މީގެ އިތުރުން އީރާނުގެ ސްކޫލަކަށް އަމާޒުވެ 170 އަށް ވުރެ ގިނަ މީހުން މަރުވި ހިތާމަވެރި ހާދިސާގައި ވެސް އޭއައި ބޭނުންކުރި ގޮތާމެދު ސުވާލުތައް އުފެދުނެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ އެ ހާދިސާ ހިނގީ ބާވެފައިވާ މެޕްތަކާއި ނުބައި އިންޓެލިޖެންސް މަޢުލޫމާތުތަކެއްގެ ސަބަބުން ކަމަށާއި، އެއީ ސީދާ އޭއައިގެ ސަބަބުން ހިނގި ކަމެއްކަން ސާބިތުވެފައި ނުވާ ކަމަށެވެ.


ރިޕޯޓު ނިންމާލަމުން ފާހަގަކޮށްފައިވަނީ، އޭއައިގެ ސަބަބުން އަސްކަރީ އޮޕަރޭޝަންތައް ކިތަންމެ ހަލުވިވި ނަމަވެސް، މިއީ ހަނގުރާމައެއްގައި ކާމިޔާބީ ކަށަވަރުކޮށްދޭ ޖާދުވީ ވަސީލަތެއް ނޫން ކަމެވެ. މިފަދަ ނުރައްކާތެރި ހަތިޔާރުތަކާއި ސިސްޓަމްތައް ބޭނުންކުރުމުގައި، އިންސާނުންގެ ބުއްދިއާއި، ޤާނޫނީ ހަމަތަކާއި، އަޚްލާޤީ ނިންމުންތައް އެއްކައިރި ނުކޮށް، ފައިނަލް ނިންމުން ނިންމާ ފަރާތެއްގެ ގޮތުގައި އަބަދުވެސް އިންސާނަކު ހުރުމަކީ (ހިއުމަން އިން ދަ ލޫޕް) ކޮންމެހެން ލާޒިމު ކަމެއް ކަމަށް ދިފާޢީ ވެރިންނާއި މާހިރުން އެއްބަސްވެއެވެ .


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all