Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Info Featured

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 20 ރަށެއްގައި ނާސަރީ ގާއިމުކުރަނީ

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 20 ރަށެއްގައި ނާސަރީ ގާއިމުކުރަނީ
ތަފްޞީލް

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ 20 ރަށެއްގައި ގަސް ހައްދާ ނާސަރީ ގާއިމުކުރުމުގެ ދެވަނަ ފޭސްގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީންސޮއިކޮށްފިއެވެ.


މި ޕްރޮގްރާމްގެ މަގުސަދަކީ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ޖައްވަށް ބޭރުކުރާ ގޭހުގެ މިންވަރު މަދުކޮށް، ރަށްރަށުގެ ފަސްގަނޑު ގިރުން ހުއްޓުވުމަށްޓަކައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމެވެ.


އިތުރު 20 ރަށެއްގައި ގާއިމުކުރެވޭ މި ނާސަރީތަކުގެ ސަބަބުން ރަށްރަށަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ ގަސްތައް ދެމެހެއްޓެނިވި ގޮތެއްގައި އާލާކޮށް ހައްދައި، އާންމުންނާއި މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިހާރުވެސް ރާއްޖޭގެ ތަފާތު އަތޮޅުތަކާއި ރަށްރަށުގައި (މިސާލަކަށް ބ. އޭދަފުށީ ފަދަ ރަށްރަށުގައި) އަމަލީ ގޮތުން ގަސް އިންދުމުގެ ބޮޑެތި ހަރަކާތްތައް ކުރިއަށްދެއެވެ.


މި މަސްރޫއުގެދަށުން ގަސްއިންދުމަށް ކަނޑައަޅާފައިވާ ރަށްރަށަކީ، ހއ.ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ، ގދ.ތިނަދޫސިޓީ، ހދ. ނޮޅިވަރަމް، އދ. ދިއްދޫ، ފ.ދަނރަބޫދޫ، ދ. މީދޫ، ލ.ހިތަދޫ، ލ. ފޮނަދޫ، ފޯއްމުލައްސިޓީ، ސ. މީދޫ، ގދ. ވާދޫ، އަދި ކ. ހިންމަފުއްޓެވެ.  


މި އެއްބަސްވުމުގެ ދަށުން ނާސަރީ ތަރައްގީކުރުމަށް ކޮންމެ ރަށަކަށް (-/500،000) ފަސްލައްކަ ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all