ފަލަސްތީން ރައްޔިތުންގެ ބިންތަކުން އެމީހުން ނެރެން ނެތަންޔާހޫ "އާދައިގެ ކަމެއްގެ ގޮތަށް" ހަދާފި: އެނަލިސްޓެއް
24 އޮކްޓޯބަރ 2026 - ޖައްފާގައި މަސައްކަތްކުރާ ސިޔާސީ އެނަލިސްޓެއްކަމުގައިވާ އަބެޑް އަބޫ ޝަދެ އަލްޖަޒީރާއަށް ބުނީ، ގާޒާ، ވެސްޓް ބޭންކާއި ދެކުނު ލުބުނާނުގައި މީހުން އެ މީހުންގެ ބިންތަކުން ފައްސާލުމަކީ އިސްރާއީލުން "އާދައިގެ ކަމެއްގެ ގޮތަށް" ހަދާފައިވާ ކަމެއް ކަމަށެވެ.
2023 އިން ފެށިގެން މި ތަންތަނުގައި ސަތޭކަ ހާހެއްހާ މީހުން އެބައިމީހުންގެ ބިންތަކުން ފައްސާލާފައިވާކަމަށް އޭނާ ބުނެފި އެވެ.

މިކަންތައް މިގޮތަށް އިސްރާއީލުން ކުރިޔަސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްވެސް ފިޔަވަޅެއް ނާޅައިތިބޭކަން ފާހަގަވާކަމަށްވެސް އަނަލިސްޓް ބުނެފައިވެއެވެ. މިހެންކަމުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނެތަންޔާހޫ މިކަމުގެ ފައިދާނަގައި ދުނިޔޭގެ ގައުމުތަކުން އިސްރާއީލު ޖަވާބުދާރީ ނުކުރުވާކަން އެނގޭތީ ދުނިޔޭގެ ސުލްހަމަސަލަސް ގާއިމްކުރަން ގާއިމްކޮށްފައިވާ އެންމެހާ މުއާހަދާތަކާއި އެއްބަސްވުންތަކާއި ޚިލާފަށް އަމަލުކުރަމުންދެއެވެ. އަދި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެބައިމީހުންގެ އަމިއްލަ ވަޒަނެއް އޮތްކަމުގެ އުއްމީދުވެސް ގެއްލުވާލުންކަމަށް އެނަލިސްޓް ވިދާޅުވިއެވެ.
އިސްރާއީލުގެ ތެރޭގައިވެސް މި ހަރުކަށި އަމަލުތަކާއި ދެކޮޅުހަދާ މާގިނަބަޔަކު ނެތެވެ. މި ކަންތައްތަކަށް ދެކޮޅުހަދަނީ "ކުރީގެ ސިފައިންނާއި ސަލާމަތީ ދާއިރާގެ ކުރީގެ ޖެނެރަލުންނާއި އޮފިސަރުން" ކަމަށާއި، އެމީހުންނަށް އެނގޭ ގޮތުގައި އެއީ އިސްރާއީލަށް ކާމިޔާބުކުރެވޭނެ ކަމެއްނޫން ކަމަށާއި ސަބަބަކީ މިހާރުވެސް ފަލަސްތީނުގެ އާބާދީ އެތައް މިލިއަނަކަށް އަރާފައިވާކަމެވެ.
ނެތަންޔާހޫގެ މިހާރުގެ ސްޓްރެޓެޖީއަކީ އިންތިހާބު ކާމިޔާބުކުރުން ކަމަށާއފަހުގެ ޕޯލްތަކުގައި ނެތަންޔާހޫގެ ތާއިދު އިސްރޭލް ރައްޔިތުންގެ ތެރޭގައި ގެއްލިފައިވާކަމަށް ދައްކައެވެ.
