Business Featured

އެމްޓީސީސީގެ ހިއްސާ އަކަށް 3 ރުފިޔާ ބަހަށް ހުށަހަޅަނީ

Placeholder banner 2Placeholder banner 3Placeholder banner 1
އެމްޓީސީސީގެ ހިއްސާ އަކަށް 3 ރުފިޔާ ބަހަށް ހުށަހަޅަނީ
ތަފްޞީލް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ (އެމްޓީސީސީ)ގެ 2025 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

 

އެމްޓީސީސީން ހާމަކޮށްފައި ގޮތުގައި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި މި ނިންމުން ހުށަހަޅާނީ 2026 އޯގަސްޓް 23 ވަނަ ދުވަހު އެކުންފުނިން ބާއްވާ 2025 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާއަށެވެ. 2025 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި އެމްޓީސީސީން ހިއްސާ ދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 24،113327.0 ރުފިޔާއެވެ.

 

އެޓީސީސީން މައުލޫމާތު ދެއްވާ ގޮތުގައި 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ 2026 ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާ ދާރުންނަށެވެ.


އެމްޓީސީސީ އާއި ބެހޭ ބައެއް މައުލޫމާތު

·        އެމްޓީސީސީ އުފައްދާފައިވަނީ 18 ޑިސެމްބަރު 1980 ވަނަ އަހަރު

·        ރާއްޖޭގައި އާއްމުކޮށް ހިއްސާ ވިއްކި ފުރަތަމަ ކުންފުނި

·        އެމްޓީސީން ފުރަތަމަ ވިއްކާފައި ވަނީ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއަށް

·        މޫނުމަތީ އަގުގެ 250،000 ހިއްސާ އެމްޓީސީން ވަނީ ވިއްކާފައި

·        2016 ވަނަ އަހަރު އެމްޓީސީސީގެ ހިއްސާ ސްޕްލިޓްކޮށް ހިއްސާއެއްގެ މޫނުމަތީ އަގަކީ 5 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައި


Share this article: Facebook Twitter WhatsApp
Related Articles