World Featured

އީރާނަށް ހަމަލާ ދިނުމަށް މަދަރ އޮފް އޯލް ބޮމްސް ބޭނުންކުރަން އެމެރިކާއިން ތައްޔާރުވެއްޖެއެވެ.

Advertisement
އީރާނަށް ހަމަލާ ދިނުމަށް މަދަރ އޮފް އޯލް ބޮމްސް ބޭނުންކުރަން އެމެރިކާއިން ތައްޔާރުވެއްޖެއެވެ.
ތަފްޞީލް

އީރާނާއެކު ހިނގަމުންދާ ކުރިމަތިލުމުގައި، އެމެރިކާގެ އަސްކަރިއްޔާގައި އޮތް ނިއުކްލިއަރ ނޫން އެންމެ ބާރުގަދަ ބޮން ކަމަށްވާ GBU-43/B މެސިވް އޯޑްނަންސް އެއަރ ބްލާސްޓް ބޮމް ނުވަތަ MOAB ފުރަތަމަ ފަހަރަށް ބޭނުންކުރުމަކީ ހަންގުރާމަ ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމެކެވެ. ނަމަވެސް، މި ހަތިޔާރު ބޭނުންކުރުމާ މެދު އަސްކަރިއްޔާގެ އެތެރޭގައި ހިނގަމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ ގިނަ މަސްދަރުތަކަކުން ބުނާ ގޮތުގައި، ޓްރަމްޕް ހާޞިލުކުރައްވަން ބޭނުންފުޅުވާ އިސްތިރާތީޖީ މަޤްޞަދުތައް ހާޞިލުކުރުމުގައި ނުވަތަ ހަނގުރާމައިގެ މިޞްރާބު ބަދަލުކޮށްލުމުގައި މި ބޮމުން ނެރެވޭނެ ނަތީޖާއާމެދު ސުވާލު އުފެދެއެވެ.


އެމެރިކާއިން ބޮމުގެ ޙަމަލާތައް ދެމުންދާތާ ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިދާނެކަމުގެ ނިޝާނެއް ފެންނަން ނެތުމާއި، ކުރިއަށްއޮތް މިޑްޓަރމް އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ އާންމު ނުރުހުމާ ކުރިމަތިލާންޖެހިދާނެތީ ރިޕަބްލިކަން ކެންޑިޑޭޓުން ތައްޔާރުވަމުންދާތީ، އާންމުންގެ މަޤްބޫލުކަން ނެތް މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕަށް ދަނީ ބޮޑެތިޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ.


މަސްދަރަކުން ބުނެފައިވާ ގޮތުގައި، އެމްއޯއޭބީ (MOAB) ބޮން ބޭނުންކުރުން ހިމެނޭ ގޮތަށް، އީރާނުގެ "ގިނަ އަދަދެއްގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ" އަށް އަމާޒުކޮށް އިތުރު ޙަމަލާތަކެއް ދިނުމުގެ ރޭވުންތައް އެކުލަވާލުމަށް ޓްރަމްޕް ވަނީ އަސްކަރިއްޔާއަށް އަމުރު ކުރައްވާފައެވެ. އެ މަސްދަރުން އިތުރަށް ބުނި ގޮތުގައި މި ޙަމަލާއާ މެދު ބޭނުންކޮށްފައިވާ ޢިބާރާތަކީ "ސެންޓްކޮމްގެ މަސްއޫލިއްޔަތު އޮންނަ ސަރަޙައްދުން އެމެރިކާގެ ސިފައިން ފޭބުމުގެ ކުރިން" ދެވޭނެ ޙަމަލާއެއްގެ ގޮތުގައެވެ. މިއިން ދޭހަވަނީ ސަރުކާރުން އިތުރު ޙަމަލާތަކެއް ދިނުމަށްފަހު، ކާމިޔާބީ ހޯދިއްޖެކަން އިޢުލާނުކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި އެންމެން އެ ސަރަޙައްދުން ބާލަން އުޅޭކަމެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް