Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ދޮންދަރިއެއް ނުހުންނަ ކަމަށް ވިދާޅުވެ ޝާހިދު ކުރެއްވި އިސްތިއުނާފު ހައި ކޯޓުން ނާކާމިޔާބުކޮށްފި.

ދޮންދަރިއެއް ނުހުންނަ ކަމަށް ވިދާޅުވެ ޝާހިދު ކުރެއްވި އިސްތިއުނާފު ހައި ކޯޓުން ނާކާމިޔާބުކޮށްފި.
photo:Mihaaru
ތަފްޞީލް

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހައްޔަރުކުރުމަށްފަހު، މިހާރު ހުންނެވީ ކްރިމިނަލް ކޯޓުން ނެރެފައިވާ 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައެވެ.


ޝާހިދުގެ ފަރާތުން ކޯޓުގައި ފާހަގަކުރި ނުކުތާތައް:

ދައުލަތުން ޝާހިދު ބަންދުކުރަން ހުށަހެޅި ފޯމުގައި އަނިޔާ ލިބުނު ކުއްޖާއަކީ އޭނާގެ ދޮންދަރިކަމަށް ބަޔާންކޮށްފައި އޮތުމުން، އެކަމަށް އިންކާރުކޮށް ޝާހިދުގެ ފަރާތުން ވަނީ މައިގަނޑު ތިން ނުކުތާއެއް ފާހަގަކޮށްފައެވެ.


ދޮންދަރިއެއް ނުހުންނަކަން: އަނިޔާ ލިބުނު ކުއްޖާއަކީ ޝާހިދުގެ ދޮންދަރިއެއް ނޫން ކަމަށާއި، އޭނާގެ ދޮންދަރިއެއް ނުހުންނަ ކަމަށް ޝާހިދު ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

ގާނޫނާ ހިލާފަށް ތުހުމަތު ބަދަލުކުރުން: ހައްޔަރުކުރި އަމުރުގައި 'ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު' ކޮށްފައި ނުވާ ކަމަށާއި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ފޯމުގައި ބަޔާންކޮށްފައި އޮތީ ގާނޫނާ ހިލާފަށް ކަމަށް ޝާހިދުގެ ވަކީލުން ވަކާލާތު ކުރެއްވިއެވެ.

ކުއްޖާގެ ބަޔާން ނެތުން: ތަހުގީގު ފައިލުގައި އަނިޔާ ލިބުނު ކުއްޖާގެ އަމިއްލަ ބަޔާނެއް ނެތް ކަމަށާއި، ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހާގެ ބަޔާން ކަމަށް ވުމުން ބަންދު އަމުރު ނެރެފައިވަނީ ގޯސް ހެކިތަކަށް ރިއާޔަތްކޮށްގެން ކަމަށް ފާހަގަކުރިއެވެ.


ދައުލަތުގެ ރައްދު:

ކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ފާހަގަކުރި ގޮތުގައި، މައްސަލައާ އެކު ހުށަހެޅި ބަޔާންތަކުން އެ ކުއްޖާ ޝާހިދާ މުހާތަބުކުރަނީ "ބައްޕި" ގެ ގޮތުގައި ކަން އެނގެއެވެ. އަދި ޝާހިދަކީ ކުއްޖާގެ ދޮންބައްޕަކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގޭ ފަދަ ކަންތައްތަކެއް ހެކިތަކުން ފެންނަން ހުރި ކަމަށް ދައުލަތުން ބުންޏެވެ.


ހައި ކޯޓުގެ ނިންމުން:

މި މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައެވެ. ހުކުމްގައި ފާހަގަކުރި މުހިންމު ކަންކަމަކީ:


  • ގާނޫނީ އިންޒާރު ދީފައިވުން: ޝާހިދު ހައްޔަރުކޮށް ގާނޫނީ އިންޒާރު ދިން އިރުވެސް އެ ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާތީ، އެއީ ނުކުރާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ އަމުރެއް ކަމަށް ނުބެލެވޭނެ ކަމަށް ކޯޓުން ނިންމިއެވެ.
  • ކުއްޖާގެ ބަޔާން ލާޒިމު ނުވުން: ތަހުގީގު މަރުހަލާގައި މީހަކު ބަންދުގައި ބެހެއްޓުމަށް ބަލަންޖެހެނީ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިތޯއެވެ. ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހާގެ ބަޔާނާއި އެއަށް ބާރުލިބިދޭ އިތުރު ލިޔެކިޔުންތައް ހުށަހަޅާފައިވާއިރު، މި މަރުހަލާގައި ކުއްޖާގެ ބަޔާން އޮތުން ލާޒިމު ނޫން ކަމަށް ހުކުމްގައިވެއެވެ.
  • ހެކި ވަޒަންކުރުން: މި މަރުހަލާގައި ދައުލަތުން ހުށަހެޅި ހެއްކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިކަން ނުވަތަ ނޫންކަން ކަނޑަނޭޅޭނެ ކަމަށްވެސް ހައި ކޯޓުން ފާހަގަކުރިއެވެ.


މި މައްސަލައިގައި ޝާހިދު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމާ ގުޅިގެން ސިޔާސީ މަގުސަދެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން، ޝާހިދު ހައްޔަރުކުރުމުގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all