ދިވެހިރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް މޮސްކޯ، ސެންޓްޕީޓަސްބާގް އަދި އަލްމަޓީގައި ރޯޑްޝޯތަކެއް ބާއްވަނީ
ދިވެހިރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް މޮސްކޯ، ސެންޓްޕީޓަސްބާގް އަދި އަލްމަޓީގައި ރޯޑްޝޯތަކެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ކޮމަންވެލްތް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެއް) ސަރަހައްދުގެ 3 ސިޓީއެއްގައި ބާއްވާ މި ރޯޑްޝޯވް އިންތިޒާމް ކުރަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި އާއި ވިޒިޓް މޯލްޑިވްސް ގުޅިގެންނެވެ.
"އައިއެމް މޯލްޑިވްސް ސީއައިއެސް ރީޖަން ރޯޑްޝޯ" މި ނަމުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް 2026 ސެޕްމްބަރު މަހުގެ 21 ން 25 ށް ކުރިއަގެންދާ މިޙަރަކާތުގައި 25 ކުންފުންޏަކުން ފަންސާހަސްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ. ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގާ 3 ސިޓީން 180 އަށްވުރެ ގިނަ ޓްރެވަލް އޭޖެންޓުން ބައިވެރިވާނެ ކަމަށްވެސް މައުލޫތު ދެއްވައެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ބައްވާ މިހަރާތް ކުރިއަށްދަނީ
ރަޝިއާގެ މޮސްކޯގައި މި މަހުގެ 21 ވަނަ ދުވަހު،
ސެންޓް ޕީޓަސްބާގުގައި މި މަހުގެ 23 ވަނަ ދުވަހު
ކަޒަކިސްތާނުގެ އަލްމަޓީގައި މި މަހުގެ 25 ވަނަ ދުވަހު
ޓޫރިޒަމް އިސްތިހާރު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ މިވާ ރޯޑްޝޯ އާއި އިންތިޒާމް ކުރާފަރާތްތަކުގެ ތެރެއިން އެންއެޗްޖީއޭއެމްގެ ރައީސް އަބްދުﷲ ނަޝީދު (ކާނި ޢަބްދުﷲ) ވިދާޅުވީ މިއީ ބައިނަލްއަގްވާމީ މުހިންމު މާކެޓުތަކުގައި ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މޮސްކޯ، ސެންޓް ޕީޓަސްބާގް އަދި އަލްމަޓީ އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމަށް ފަހި ފުރުޞަތުތަކެއް އޮތް މާކެޓްތަކެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހިންގާ މި ހަރާކާތުގައި ތެރެއިން ރަށްރަށުގެ ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކާއި، ރިސޯޓްތަކާއި އަދި ޓްރެވަލް ޚިދުމަތް ދެމުންދާ އެޖެންސީތަކާއި އޮޕަރޭޓަރުން ޚިދުމަތްތައްވެސް އިޝްތިހާރު ކުރެވެމުން ދާނެއެވެ.
