ދިވެހި ނަކަތުގެ ތެރެއިން ނޮރަނަކަތުގައި ޖައްވު ތަޣައްޔަރުވުން
ނޮރަ ނަކަތް ( ނޮރަނަކަތު ފޮއިމަތި ) ނުވަތަ ނޮރަ އަކީ ދިވެހި ނަކަތްތެރިކަމުގެ ހިސާބުތަކުގައި، ނޮރަ ނަކަތުގެ މުއްދަތުގައި އަންނަ ފުރިހަމަ ހަނދު ނުވަތަ ފޮއި ހަނދެވެ.
ދިވެހިން ނޮރަ ނަކަތާއި އެ ނަކަތުގެ ފޮއި ސިފަކޮށްފައިވަނީ މޫސުމަށާއި، ކަނޑުމަތީގެ ދަތުރުފަތުރަށާއި، ގުދުރަތީ ހާލަތްތަކަށް އަންނަ ބަދަލުތަކާ ގުޅުވައިގެންނެވެ.
އިހުޒަމާނުގައި ނޮރަ ނަކަތުގައި ޖައްވާއި މޫސުމުގެ ހާލަތު ނަކަތްތެރިން ސިފަކުރާގޮތުގައި ނޮރަ ނަކަތަކީ ވައިގެ ބާރުގަދަ، ޖައްވު ތަޣައްޔަރުވެފައިވާ ނުވަތަ ކުނިބުނި ގިނަ ދުވަސްތަކެއްގެ ގޮތުގައި ސިފަކުރެއެވެ. އަދި މި ދުވަސްވަރު ވިލާގަނޑު ބޯވެ، ކުއްލިއަކަށް ވާރޭ ވެހުމާއި ވައިގަދަވުމުގެ ފުރުސަތު އޮންނަ ކަމަށް ބެލެއެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު ނޮރަ ނަކަތުގެ ފޮއި ދުވަސްވަރު ކަނޑުގެ އޮއިވަރާއި ރާޅުތަކުގެ ބާރުގަދަވުން ފާހަގަކުރެވެއެވެ. ފޮއި ހަނދުގެ ސަބަބުން ދިޔަވަރު ބޮޑުވުމާއި، ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ މީހުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެއެވެ. މިނަކަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު ސިފައަކީ ފޮއިމަތީގައި ތިލަފަޅުތަކުން ދިޔަވަރު ހިކި ފަރުމަތީގެ ގާތަށް ފެންނަވަރަށް ހިކިގެންދާ ތަނެވެ. ފަޅުތާކު ފެންތިކެއްވެސް ނެތޭ ބުނާވަރަށެވެ.
މަސްވެރިކަމުގެ ހާލަތަށް ބަލާއިރު ނަކަތުގެ ފޮއި އައުމުން ކަނޑުގެ ދިރުންތަކުގެ ހަރަކާތްތަކަށް ބަދަލު އާދެއެވެ. ވަކިން ޚާއްޞަކޮށް، ފޮއި އަލީގައި ބައެއް ބާވަތުގެ މަސްތައް އުޅޭ ފަށަލަތަކަށާއި ކާން އުޅޭ ގަޑިތަކަށް ބަދަލު އަންނަ ކަމަށް އިހުގެ މަސްވެރިން ގަބޫލުކުރެއެވެ. ދަނޑުވެރިކަމުގައި ގަސްގަހުގެ ހެދުމާއި، ވައިގެ ސަބަބުން ގަސްތަކަށް ލިބިދާނެ ގެއްލުންތަކާ މެދު ވިސްނާ ދުވަސްވަރެކެވެ.
ދިވެހި ނަކަތްތެރިކަމުގެ އުސޫލުތަކުން މިނަކަތް ސިފަކުރަނީ ދިވެހި ކަލަންޑަރުގައި ނަކަތްތަކަކީ ހަމައެކަނި ތަރިތަކުގެ ހިސާބެއް ނޫނެވެ؛ އެއީ އަހަރުގެ ވަކި ދުވަސްވަރެއްގައި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ ތަޖުރިބާގެ އަލީގައި އެކުލަވާލާފައިވާ ނިޒާމެކެވެ. ނޮރަ ނަކަތުގެ ފޮއި އަންނަ އިރު، އެ ނަކަތުގެ "ނޮރަ" ސިފަ (ވައިގެ ގަދަކަމާއި، މޫސުމުގެ ހަލަބޮލިކަން) ފާޅުވެގެންދާ ކަމަށް ބުނެއެވެ.ނަމަވެސް މިޒަމާނުގައި މޫސުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.
ނޮރަ ނަކަތަކީ ދިވެހި ނަކަތްތެރިކަމުގެ ހިސާބުތަކުގައި ހިމެނޭ 27 ނަކަތުގެ ތެރެއިން ނަކަތެކެވެ. އާންމު ގޮތެއްގައި ކޮންމެ ނަކަތެއް ވެސް 13 ނުވަތަ 14 ދުވަހަށް ދެމިގެންދެއެވެ.
