"Massive protests underway in France and Italy against the rising cost of living!
ތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ޚަރަދުތައް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފްރާންސާއި އިޓަލީގެ ބޮޑެތި ސިޓީތަކުގައި ހައްދުފަހަނައެޅި ބޮޑެތި އިޙްތިޖާޖުތަކެއް ކުރިއަށްދާކަން ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފްރާންސްގެ ދާޚިލީ މިނިސްޓްރީއާއި ޓްރޭޑް ޔޫނިއަންތަކުގެ މަޢުލޫމާތުތަކަށް ބަލާއިރު، ޕެރިސް، މާސޭ، އަދި ލިޔޯން ފަދަ 100 އަށްވުރެ ގިނަ ސިޓީގައި 550,000 އާއި 800,000 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ މަގުތަކަށް ނުކުމެފައެވެ. މި މުޒާހަރާތަކުގެ ތެރެއިން ބައެއް ސަރަޙައްދުތަކުގައި ހަމަނުޖެހުން އުފެދި، ފިހާރަތަކާއި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީފައިވާއިރު، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 1,200 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން އިޓަލީގެ މިލާން، ބޮލޯނިއާ އަދި ޓިއުރިން ފަދަ ސިޓީތަކުގައިވެސް އިޤްތިޞާދީ ދަތިތަކާ ދެކޮޅަށް ޒުވާނުންނާއި މަސައްކަތްތެރިން އިޙްތިޖާޖުކޮށްފައިވެއެވެ. މިލާންގެ ސެންޓްރަލް ސްކުއާ ސަރަޙައްދުގައި މުޒާހަރާގެ ބައިވެރިން ބެރިކޭޑްތައް ހަދައި، ފުލުހުންނަށް ޙަމަލާދިނުމުން، ސަރުކާރުން ވަނީ ރިއޮޓް ފުލުހުންނާއި އިތުރު ސެކިއުރިޓީ ބާރުތައް ނެރެ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެން ސަރަޙައްދު ކޮންޓްރޯލްކޮށްފައެވެ.
ފްރާންސްގެ މުޒާހަރާތަކާއި ހަމަނުޖެހުންތައް
ފްރާންސްގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާކުރަނީ ދިރިއުޅުމުގެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ތެލުގެ އަގު ބޮޑުވުމާއި، އާންމު ޚިދުމަތްތަކުން ޚަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގެ ހާލަތު ދަށްވުމާ ގުޅިގެން ސްކޫލް ކުދިންނާއި ޔުނިވަރސިޓީ ދަރިވަރުންވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް ބަންދުކޮށް، ކުނިގޮނޑުތަކާއި އިލެކްޓްރިކް ސައިކަލްތަކުގައި ރޯކޮށް، ސިޓީ ހޯލްތަކަށާއި ފުލުހުންގެ މަރުކަޒުތަކަށް ޙަމަލާދީފައެވެ. ލިމޯޖް އަދި ލިޔޯން ފަދަ ސިޓީތަކުގައި ހުރި އާންމު އިމާރާތްތަކާއި ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ދީ، ލޫޓުވާފައިވެއެވެ. ފުލުހުން ވަނީ ކަރުނަގޭހާއި، ވޯޓާ ކެނަން އަދި ސްޓަން ގްރެނޭޑް ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް މަސައްކަތްކޮށްފައެވެ.
🚨BREAKING: The historic Limoges town hall has just completely collapsed after far-left rioters set it on fire It was built in 1876. It survived World Wars. It did not survive modern France. https://t.co/LRjxvBQ5KV
— Inevitable West (@Inevitablewest) October 17, 2026
މުޅި ފްރާންސްއިން 2,400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 855 އަށްވުރެ ގިނަ މީހުން ހައްޔަރުކުރީ ވެރިކަންކުރާ ޕެރިސްއިންނެވެ.
ރައީސް އެމެނުއަލް މެކްރޮން ވަނީ ޤައުމުގައި ހިންގި ހަމަނުޖެހުންތަކާއި ލޫޓުވުންތަކަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އިޙްތިޖާޖު ކުރުމަކީ ޤާނޫނީ ޙައްޤެއް ނަމަވެސް، ޤައުމުގެ އަބުރާއި މުދަލަށް ގެއްލުންދީ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅައި ޖަވާބުދާރީ ކުރުވާނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.
🇫🇷 Rioters, deeply concerned about France’s education system, continue looting shops across the country https://t.co/jYMfTteudS
— Visegrád 24 (@visegrad24) October 19, 2026
އިޓަލީގެ މުޒާހަރާތަކާއި ހަމަނުޖެހުންތައް
އިޓަލީގައި ކުރިއަށްދާ މި މުޒާހަރާތަކުގައި އާންމުން އަޑުއުފުލަނީ ތެލުގެ އަގު އުފުލުމާއި، ކުލިތައް ބޮޑުވުމާއި، ތަޢުލީމީ ދާއިރާގެ ޚަރަދުތައް ކުޑަކުރުމާ ދެކޮޅަށެވެ. އަދި ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ ސަރުކާރުގެ އިޤްތިޞާދީ އަދި ޚާރިޖީ ސިޔާސަތުތަކަށް ނުރުހުން ފާޅުކުރުމުގެ ގޮތުންވެސް މުޒާހަރާތައް ކުރިއަށްދެއެވެ.
މިލާން، ޓިއުރިން އަދި ބޮލޯނިއާ ފަދަ ސިޓީތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކުގައި ބެރިކޭޑްތައް ހަދައި، ފުލުހުންނަށް ގަލާއި ބޮމުގެ އެތިކޮޅުތައް އުކާފައެވެ. ސިޓީތަކުގެ ފިހާރަތަކުގެ ބިއްލޫރިތައް ތައްޔާރުކޮށް ގެއްލުންދީފައިވާއިރު، ފުލުހުން ވަނީ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެން މަގުތައް ހުސްކޮށްފައެވެ. ޙަރަކާތްތަކުގެ ތެރޭގައި 140 އަށްވުރެ ގިނަ ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މުޒާހަރާތަކާ ގުޅިގެން 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، 370 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ހިމެނެއެވެ.
BREAKING: Inspired by France, young second and third-generation migrants started looting stores in Milan, Italy around 2 hours ago. International mainstream media isn’t showing just how bad things are in Europe. https://t.co/ngDVLvDpj2
— Visegrád 24 (@visegrad24) October 18, 2026
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިންގި މީހުންނަކީ "ސިޓީތައް ރަހީނުކޮށް ސުލްޙަ ނަގާލަން މަސައްކަތްކުރާ ފަރާތްތަކެއް" ކަމަށް ސިފަކުރައްވާފައެވެ. ސުލްޙަވެރިކަމާއެކު މުޒާހަރާކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި، ނަމަވެސް ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާތަކަށް ޖާގަ ނުދެވޭނެ ކަމަށް ވިދާޅުވެ، ސެކިއުރިޓީ ކަންކަން ވަރުގަދަކުރުމަށް ޚާއްޞަ ކެބިނެޓް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
