Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ބޭސް ސިޓީއެއް ހިފައިގެން 15 ފާމަސީއަށް ދުވާއިރު، ކަސްރަތުން ބަލި ރަނގަޅުވެދާނެ: ނާޒިލް.

ބޭސް ސިޓީއެއް ހިފައިގެން 15 ފާމަސީއަށް ދުވާއިރު، ކަސްރަތުން ބަލި ރަނގަޅުވެދާނެ: ނާޒިލް.
photo: sun.mv
ތަފްޞީލް

"ސިއްހީ ހާލަތު ދަނީ ވަރަށް ރަނގަޅަށްކަން އެނގޭނެ ބޭސް ސިޓީއެއް ހިފައިގެން ފާމަސީއަކަށް ވަނީމަ. ސިއްހީ ހާލަތު މިއޮތީ ނެތޭ ނެތޭ ޓަކާޓަކާ ކިޔާހެން ނެތޭ ނެތޭ ކިޔަން ޖެހިފައި،" މަޖިލީހުގެ ރިޔާސަތަށް އަމާޒުކުރައްވައި ނާޒިލް ވިދާޅުވިއެވެ.


ބޭސް ހޯދުމަށް ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތައް ހާމަކުރައްވަމުން ނާޒިލް ވިދާޅުވީ، ބޭސް ސިޓީގައި އޮންނަ ބޭސް ރާއްޖެއިން ނުލިބުމުގެ ސަބަބުން މިހާރު ޖެހެނީ ރާއްޖެއިން ބޭރަށް ފުރާ މީހެއްގެ އަތަށް ބޭސް ސިޓީ ދީގެން، ނުވަތަ ބޭރު ގައުމެއްގައި ހުންނަ ރައްޓެއްސަކަށް ގުޅައިގެން އެ ބޭސް ލިބޭނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބެން ކަމަށެވެ.


މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ނާޒިލް ވަނީ އިންޒާރެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި 93 މެންބަރުން ތިބެގެން ކުރަނީ ކޮން ކަމެއްތޯ ދާއިރާތަކުގެ ރައްޔިތުން ސުވާލުކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ޒަރޫރީ ބޮޑެތި ތަކުލީފުތައް ހައްލުކުރުމަށް ސަރުކާރު މެންބަރުން އެއްބާރުލުން ނުދޭނަމަ، ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓުން ރައްޔިތުން އެކަމަށް ޖަވާބު ދޭނެ ކަމަށެވެ.


ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް:

ރާއްޖޭގައި ބޭހުގެ ދަތިކަން ބޮޑުވެ އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ "ސްޓޭޓްފާމާ" ގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދައި، ކުރިން އެސްޓީއޯއިން ބަލަހައްޓަމުން އައި ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.


މި މައްސަލައާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ:


މައްސަލަ ދިމާވި ސަބަބު: ބޭހުގެ ދަތިކަން މިހާ ބޮޑަށް ގޯސްވެގެން ދިޔައީ ޒަމާނުއްސުރެ ބޭހުގެ ސަޕްލައިޗެއިނަށް ދޭންޖެހޭ އެކަށީގެންވާ ސަމާލުކަން ނުދެވި އޮތުމުންނެވެ.

ހައްލު ލިބޭނެ މުއްދަތު: ބޭހަކީ އެހެން ވިޔަފާރި މުދަލެކޭ އެއްފަދައިން އޯޑަރު ޖަހާއިރަށް ވަގުތުން ގެނެވޭ އެއްޗެއް ނޫންކަން ފާހަގަކުރައްވައި، ސަޕްލައިޗެއިން ޒަމާނީ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު އަންނަ އަހަރުގެ ކުރީކޮޅު ބޭހުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޑރ. ޝާހު ވަނީ ވިދާޅުވެފައެވެ.




Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all