News Featured

އައްޑޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ވެއްޖެ

Advertisement
އައްޑޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ވެއްޖެ
Photo: NDMA
ތަފްޞީލް

ދިވެހިރާއްޖެއަަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑުއަތޮޅުގެ ރަށްރަށުގައި ފެންބޮޑުވެ ބައެއް ރަށްރަށަށް އާއްމު ގޭގެގައި ފެންބޮޑުވެ ގެއްލުންތައް ލިބިއްޖެއެވެ. 


ޤައުމީ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންއެމްޑީއޭ) މައުލޫމާތު ދެއްވައިގޮތުގައި އައްޑު އަތޮޅު މަރަދޫން އަދި ފޭދޫގެ ބައެއް ގޭގޭގައި ފެންބޮޑު ވެފައިވާ ކަމަށެވެ. އިއްޔެއާއި މިއަދު 70 ވަރަކަށް ގޭގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ވެފައިވާ ވާއިރު 8 މީހަކު ވަނީ ވަހުގުތީ ހިޔާއަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. 


މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށުގައި ފެންބޮޑު ވުމުގެ ސަބަބުން އާއްމުންނާއި ކައުންސިލްތަކާއި ގުޅިގެން އެމްއެންޑީއެފް، ޕޮލިސް އަދި އެންޑީއެމްއޭ އިން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅާއިއެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށް ކަމަށެވެ. 


ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ދިވެހިރާއްޖޭގެ އެކި ސަރަހައްދުކަށް ވިއްސާރަ ކުރަމުންދާއިރު، ވިއްސާރައިގެން އެންމެ ބޮޑުއަސަރެއް ކުރަމުންދަނީ އެންމެ ދެކުނުގެ 3 އަތޮޅު ކަމުގައިވާ ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅަށެވެ. 

Topics:
Share this article: Facebook Twitter WhatsApp
Related Articles