40 އަހަރު ނުވަނީސް ޓެކްސީ ނުދުއްވޭ ގޮތް ސްރީލަންކާގައި ހަދަނީ؟ ރާއްޖެއަށްވެސް މިފަދަ ފިޔަވަޅެއް އަތުވެދާނެތަ؟

Advertisement
40  އަހަރު ނުވަނީސް ޓެކްސީ ނުދުއްވޭ ގޮތް ސްރީލަންކާގައި ހަދަނީ؟ ރާއްޖެއަށްވެސް މިފަދަ ފިޔަވަޅެއް އަތުވެދާނެތަ؟
Photo Social Media
ތަފްޞީލް

އަވައްޓެރި ސްރީލަންކާގެ ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ ޒުވާނުން ސުކޫލު ނިންމުމަށްފަހު ވަގުތުން ތުރީ-ވީލަރު (ޓުކްޓުކް) ދުއްވުމުގެ މަސައްކަތަށް ނުކުތުން ހުއްޓުވުމަށެވެ. އެގޮތުން ތުރީ-ވީލަރު ދުއްވޭނެ އެންމެ ދަށް އުމުރަކީ 40 އަހަރު ކަމުގައި ހަމަޖެއްސުމަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ.


ސްރީލަންކާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ވޮކޭޝަނަލް އެޑިއުކޭޝަން ނަލިން ހެވާޖެ ވިދާޅުވީ، މި ބަދަލުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުންނައިރު ހުނަރުވެރި، ފަންނީ މަސައްކަތްތަކަށް އަހުލުވެރިކުރުވުން ކަމަށެވެ. ގައުމު ތަރައްގީކުރެވޭނީ ޒުވާނުންގެ ހުނަރު މަތީ ފެންވަރަކަށް ތަރައްގީކޮށްގެން ކަމަށްވާތީ، ޒުވާނުން ފަސޭހަ މަގަކުން އާމްދަނީ ހޯދަން ދިއުމުގެ ބަދަލުގައި ތައުލީމާއި ފަންނީ ދާއިރާތަކަށް ހުސްވުމަށް ސަރުކާރުން ބާރުއަޅައެވެ.


ރާއްޖޭގެ މަޝްރަޙަށް މީގެއިން ކުރާނެ އަސަރަކީ ކޮބާ؟

މި ޚަބަރާއެކު ދިވެހި ޒުވާނުންގެ މެދުގައިވެސް ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ރާއްޖޭގައިވެސް ސުކޫލު ނިންމާ ގިނަ ޒުވާނުން އާމްދަނީ ހޯދުމަށް ސައިކަލް ޓެކްސީ، ޓެކްސީ ކާރު، ދަނީ ދުއްވަމުންނެވެ.  


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް