Iran
32 stories tagged Iran
އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފާނެކަމުގެ އިންޒާރު އީރާނުން ދީފި...
ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ އުޅަންދުތަކަށް އެމެރިކާއިން ސެކިއުރިޓީދީ، އީރާނުން "ޣައިރުޤާނޫނީ" ކަމަށް ކަނޑައަޅާފައިވާ މަގުތަކުން ދަތުރުކުރުން ނުހުއްޓުވައިފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ދީފިއެވެ.
Aminath Raufa
Oct 23, 2026
ހޮރުމުޒު ކަނޑުއޮޅި ހުޅުވާލައި ހަނގުރާމަ ނިންމަން އީރާނުން އާ ޝަރުތުތަކެއް ހުށަހަޅައިފި
މެދުއެރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައަށް ނިމުމެއް ގެނެސް، ދުނިޔޭގެ އިޤްތިޞާދުގެ މައި ނާރެސް ކަމަށްވާ ހޮރުމުޒު ކަނޑުއޮޅި (Strait of Hormuz) އަލުން ހުޅުވާލުމަށް އީރާނުން އާ ޝަރުތުތަކެއް އެމެރިކާއަށް ހުށަހަޅައިފިއެވެ.
Abdulla
Oct 22, 2026
އިންތިޚާބުގެ ކުރިން އީރާނަށް އިސްވެ ހަމަލާއެއް ދިނުމުގެ ޚިޔާލެއް ނެތް: ބެންޖަމިން ނަތަންޔާހޫ
Aminath Raufa
Oct 15, 2026
މެދުއިރުމަތި ނުރައްކާތެރި ހާފެއްގައި: ޙޫޘީންގެ ޙަމަލާތަކާއި، އިއްތިޙާދުތައް ރޫޅިގެންދިއުމާއި، އީރާނުގެ އަސްކަރީ ވަރުގަދަކުރުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވަމުންދާ ބޮޑުވަމުންދާ ޕްރެޝަރު
ޔަމަނުން ޙޫޘީންގެ ނުރައްކާތައް ބޮޑުވަމުންދިއުމާއި، އީރާނާ ގުޅުންހުރި ނުތަވަސްކަން އިތުރުވަމުންދިއުމާއި، ސަރަޙައްދީ އިއްތިޙާދުތަކާ މެދު އުފެދެމުންދާ ޔަޤީންކަން ކުޑަވުމުގެ ސަބަބުން، މެދުއިރުމަތި ކުރިމަތިލާންޖެހިފައިވަނީ ނުރައްކާތެރި އަދި ތާރީޚީ މުހިންމު ދަނޑިވަޅަކަށެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތުގެ މުސްތަޤުބަލާ މެދު ސީރިއަސް ސުވާލުތަކެއް އުފައްދާ ކަމެކެވެ. ސޯޝަލް މީޑިއާގައި އެކި ކަހަލަ ވާހަކަތައް ފެތުރެމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢަށް މި ހަނގުރާމައިގެ ފުރިހަމަ މަންޒަރު ލިބެމުންދާތޯއާމެދު ކަންބޮޑުވުންތައް ދަނީ ...
Ihjas
Oct 15, 2026
އިރާނުން އަންގާފައިވާ ގޮތާއި ޚިލާފަށް ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓަކަށް އީރާނުގެ އައި.އާރު.ޖީ.ސީ.އިން ހަމަލާދީ، ބޯޓުގައި ރޯކޮށްލައިފި.
Silent Pen
Oct 9, 2026
ފުލައި ދުބާއީ ބޯޓްގެ ހާދިސާ ގައި އީރާނުގެ އަތެއް އޮތްތޯ ބަލާނަން. ނަތަންޔާހޫ
އިސްރާއީލަށް ދަތުރުކުރި ފްލައިދުބާއީ (flydubai) ބޯޓެއް ވައްޓާލަން އުޅުނު ކޯ-ޕައިލަޓްގެ މައްސަލައިގެ "އަސްލު" ހޯދުމަށް އިސްރާއީލުން މަސައްކަތް ކުރާނެ ކަމަށާއި، އަދި މި ހާދިސާގެ ތަހުގީގުގައި އިސްރާއީލުން "ވެސް" ބައިވެރިވުން އެކަށީގެންވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ފޮކްސް ނިއުސް (Fox News) ގެ ހޯސްޓް ޝޯން ހެނިޓީގެ "ހެނިޓީ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، "މި ހަމަލާދިން މީހާގެ އަސްލާއި، އޭނާއަށް އެހީތެރިވި ބަޔަކު ތިބިތޯ އަދި މިކަމުގެ ފަހަތުގައި އީރާން އޮތްތޯ އަހަރެމެން ހޯދާނަން. އަހަރެން ގަބޫލުކުރަނީ ވަރަށް އަވަހަށް މިކަން އަހަރެމެންނަށް އެނގިގެންދާނެ" ކަމަށެވެ. އަދި އީރާނުގެ ބައިވެރިވުމެއް އޮތްކަން ސީދާ ކަށަވަރުކުރަން އަދި މާ އަވަސް ކަމަށް ވިދާޅުވަމުން، އިސްރާއީލުގެ މަސްއޫލުވެރިން ވަނީ މި ހާދިސާގެ ތަހުގީގު ވަރަށް ކައިރިން ބަލަމުންދާ ކަމަށް ބުނެފައެވެ.
Ajay
Oct 1, 2026
ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިންމުމުގެ ޕްރޮޕޯޒަލަށް ޓްރަމްޕް ދެކޮޅުހަދައިފި
މައްސަލަ ބޮޑުވެފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށެހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހައްދަވައިފިއެވެ.
Abdulla
Sep 27, 2026
އީރާނަށް އަޅާފައިވާ ދަތިކުރުންތައް ދަމަހައްޓަން، ގަލްފްގެ ޤައުމުތަކުން ޓްރަމްޕް އަރިހުގައި އެދެނީތަ؟
އީރާނާ މެދު އެމެރިކާގެ ސިޔާސަތު ލުޔިކޮށް ނުލައި، މިހާރު އަޅައިފައިވާ ފިތުންތައް ދަމިހައްޓައި، އަދި ބެހެއްޓުމަށް ގަލްފް ޤައުމުތަކުގެ ވެރިން ޑޮނަލްޑް ޓްރަމްޕް ގެ އިދާރާގައި އެދެމުންދާ ކަމަށް ޚަބަރު ލިބެމުން އެބަދެއެވެ.
Abdulla
Sep 25, 2026