Eagle Hills
22 stories tagged Eagle Hills
ރަސްމާލެ މަޝްރޫޢަށް ރައީސް ނަޝީދު ފުރިހަމައަށް ތާއީދުކުރައްވައިފި؛ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް!
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަށާއި، އެ މަޝްރޫޢުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް (Eagle Hills) ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަށް ނިންމެވި ނިންމެވުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުރިހަމައަށް ތާއީދުކުރައްވައިފިއެވެ.
Ismail
Nov 2, 2026
ރަސްމާލޭގައި ދިރިއުޅޭނީ ދިވެހިންނާއި ބޭރުގެ މުސްލިމުން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެ
ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ސިޓީގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންގެ އިތުރުން ބޭރު ޤައުމުތަކުން އަންނަ މުސްލިމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
Abdulla
Oct 29, 2026
ރަސްމާލެ މަޝްރޫޢުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ؛ ޕީއެންސީގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި!
ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާ ގުޅޭ ގޮތުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވޭ ދާއިމީ އެއްބަސްވުމުގައި އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ސޮއިކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ
Ismail
Oct 28, 2026
ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ފެންނަނުފެންނަ ވޯޓަކަށް ގޮވާލައި ބޮޑު އެއްވުމެއް ބާއްވަނީ؛ އެމްޑީޕީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިއްޖެ
ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ބިން ވިއްކުމާއި ދިގު މުއްދަތަށް ބިން ދޫކުރުމުގެ އެއްބަސްވުންތަކާ މެދު އާންމުންގެ ކަންބޮޑުވުންތައް އިތުރުވެ، އެކަމާ ދެކޮޅަށް ހަރަކާތްތެރިވާ "ދިވެހިންގެ ބިން ދިވެހިންނަށް" އިއްތިހާދުން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ގޮވާލައި އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
Ismail
Oct 28, 2026
އީގަލް ހިލްސްގެ ރަސްމާލެ މަޝްރޫއާ މެދު އެމްޑީޕީން އަމަލުކުރާނެ ގޮތެއް ނިންމަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ!
ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވާ މައްސަލައިގައި، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްދާނެ ސީދާ މިސްރާބަކާއި އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
Ismail
Oct 27, 2026
ރަސްމާލެ މަޝްރޫޢުގެ ބިންތަކާއި ފްލެޓް ވިއްކުމުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް
ރަސްމާލެ ތަރައްޤީ ކުރުމަށް އީގަލް ހިލްސް (Eagle Hills) ކުންފުންޏާއެކު ހަވާލުކޮށްފައިވާ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢުގެ ދަށުން ދޫކުރާ ބިންތަކާއި ފްލެޓްތައް ގަންނަ ފަރާތްތަކުން، ފަހުން އެ ތަންތަން އަލުން ވިއްކާލަން ބޭނުންނަމަ އެކަން ކުރެވެން އަންނާނީ ސަރުކާރުގެ ބެލުމުގެ ދަށުންނާއި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
Ismail
Oct 21, 2026
ރަސްމާލެ މަޝްރޫޢަށް އައި ބޮޑު ބަދަލެއް: ޕްރައިވެޓް އިންވެސްޓްމަންޓާއެކު މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް!
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ ބިޔަ އެއް އުމްރާނީ މަޝްރޫޢު ކަމަށްވާ "ރަސްމާލެ" މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޕްރައިވެޓް ސެކްޓަރާއި ބައިނަލްއަޤުވާމީ އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ހާމަވެއްޖެއެވެ. މިއާއެކު މި މަޝްރޫޢުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، އައު އުސްމިންތަކަކަށް ވާސިލވާނެ ކަމަށް ބެލެވެއެވެ.
Ismail
Oct 19, 2026
ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުންތަކަށް މަޝްވަރާކުރުމުގެ ފުރުސަތު ސަރުކާރުން އޮތީ ހުޅުވާލައިގެން: ޝުޖާއު
ސަރުކާރުން މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ހައުސިންގ އަދި ތަރައްގީގެ މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއާ ގުޅިގެން އާންމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް މަޝްވަރާކޮށް، ސާފުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
Abdulla
Oct 12, 2026
ރަސްމާލެ މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން: އަލައްބާރު
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ބޮޑު މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ގަވާއިދުތަކާ ފުރިހަމައަށް އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ދެއްވައިފިއެވެ.
Ajay
Oct 9, 2026
ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށާއި ރައްޔިތުންނަށް ލިބޭނެ: އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު
ރަސްމާލޭގައި ތަރައްގީކުރާ "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދީ، ދިވެހި އާންމު ވިޔަފާރިތަކަށާއި ރައްޔިތުންނަށް ސީދާ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް އީގަލް ހިލްސް ކުންފުނީގެ ފައުންޑަރ އަދި ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
Abdulla
Oct 8, 2026