News Featured

ރަސްމާލެ މަޝްރޫޢުގެ ބިންތަކާއި ފްލެޓް ވިއްކުމުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް

Advertisement
ރަސްމާލެ މަޝްރޫޢުގެ ބިންތަކާއި ފްލެޓް ވިއްކުމުގެ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް
Photo: The President's Office
ތަފްޞީލް

ރަސްމާލެ ތަރައްޤީ ކުރުމަށް އީގަލް ހިލްސް (Eagle Hills) ކުންފުންޏާއެކު ހަވާލުކޮށްފައިވާ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢުގެ ދަށުން ދޫކުރާ ބިންތަކާއި ފްލެޓްތައް ގަންނަ ފަރާތްތަކުން، ފަހުން އެ ތަންތަން އަލުން ވިއްކާލަން ބޭނުންނަމަ އެކަން ކުރެވެން އަންނާނީ ސަރުކާރުގެ ބެލުމުގެ ދަށުންނާއި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


Maldives financial review

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހިންގާ މުޢާމަލާތްތަކާއި ޕްރޮޕަޓީ ވިއްކުމުގެ ކަންކަން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮންނާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ހަދަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވައިލައި، ރިއަލް އެސްޓޭޓް ވިޔަފާރިއާބެހޭ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މި މަޝްރޫޢާ ގުޅޭގޮތުން އެހެނިހެން މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރަސްމާލެއިން ދާއިމީގޮތުން ބިން މިލްކުވުމުގެ ފުރުޞަތެއް ނުއޮންނާނެ ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ދައުލަތަށް ލިބޭ ފައިސާ ޖަމާވަމުންދާނީ ރާއްޖޭގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޚާއްޞަ އެސްކްރޯ އެކައުންޓަކަށް ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.


ރަސްމާލެ (ފުށިދިއްގަރުފަޅު) މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ހިއްކުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން "ވޯޓާފްރަންޓް އަދި މެރީނާ" ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް (Eagle Hills) ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް އެއްބަސްވެފައިވާއިރު، އެ ކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމުގެ ތަފްސީލު ސަރުކާރުން އާންމުކޮށްފައި ނުވާތީ ސިއްރުވެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ކުންފުނިތަކަށް ނުވަތަ އިސްރާއީލުގެ ރައްޔިތުންނަށް މި ބިންތަކުން ފްލެޓާއި ގޯތި ގަނެވިދާނެކަމުގެ ތުހުމަތުތަކާއެކު އާންމުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް، ސަރުކާރުން ވަނީ އިސްރާއީލުގެ އެއްވެސް ފަރާތަކަށް އަދި އެފަދަ ކުންފުންޏަކަށްވެސް ރަސްމާލެއިން ބިން ނުވަތަ ޕްރޮޕަޓީއެއް ނުގަނެވޭނެ ގޮތަށް ޤާނޫނުން ބަންދުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މި މަޝްރޫޢުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ދައުލަތުގެ އަތްމަތީގައި ކަމަށްވެސް ސަރުކާރުން ބުނެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް