News Featured

ވެލާނާ އެއާޕޯޓްގައި ބިރުވެރިކަން އުފެއްދި މިޞްރު މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

Advertisement
ވެލާނާ އެއާޕޯޓްގައި ބިރުވެރިކަން އުފެއްދި މިޞްރު މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
ތަފްޞީލް

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އާއްމުންގެ މެދުގައި ނުތަނަވަސް ކަމާއި ބިރުވެރިކަން އުފެއްދި ކަމުގެ ތުހުމަތުގައި މިސްރުގެ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރު ކޮށްފިއެވެ.

 

މިހާދިސާ އާއިގުޅިގެން ފުލުހުން މިހާދިސާ އިތުރަށް ތަޙްޤީޤް ކުރުމަށް މި މީހާ ބަންދު ކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓްގައި ފުލުހުންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި ހާދިސާ ހިނގާފައިވަނީ ވެލާނާ އެއާޕޯޓްގެ ޑިޕާޗާ ސްކްރީން ސައްހައްދުގައި ކަމަށާއި އެވަގުތު އޭނާގެ އާއިއެކު ހުރިއޭނަގެ ދައްތަގެ ޗެކް ކުރަމުން ދިއައިރު އެ ދަބަހުގައި ބޮމެއް އޮތްކަމަށް އޭނާ ބުނެފައިވާ ކަމަށް އެއާޕޯޓް ސެކިއުރިޓީ އާއި ހަވާލާދީ ފާހަގަ ކުރިއެވެ.

 

މިއާއިއެކު ވަގުތުން އޭވިއޭޝަން ސެކިއުރިޓީއާއި އެމްއެންޑީއެން އަދި ޕޮލިސް އެސަރަޙައްދުގައި ހަރަކާތްތެރިވެ އެދަބަސް އިތުރަށް ފާސް ކުރުމުން ދަބަހުގައި އެފަދަ އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައިވާ ނުވާކަމަށާއި އެނާ އެހެންބުނީ މަޖަލަކަށް ކަމަށް އެވަގުތު އޭނާ ބުނެފައިވާ ކަމަށް ކޯޓްގައި ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

 

މުއްދަތުގެ މަޖިލީހުގައި ތުހުމަތު ކުރެވޭ ފަރާތުން ވާހަކަދައްކަމުން ބުނެފައިވަނީ އެއީ އޭނާ މަޖަލަކަށް ބޭއިޚްތިޔާރުގައި ބުނެވުނު އެއްޗެއް ކަމަށާއި އެހެން ބުނެވުނު ކަމަށްޓަކައި އެވަގުތު މަޢާފަށް އެދިފައިވާ ވާނެ ކަމަށް އޭނާ ބުނާކަމަށާއި ފުލުހުންގެ ތަޙްޤީޤްގައި ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށް ކޯޓްގައި އޭނާ ބުނި ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.


މި ހާދިސާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ 38 އަހަރުގެ މިޞްރު މީހާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓުގެ ބަންދު އަމުރުގައި ބަޔާން ކޮށްފައިވަނީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، 5 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރާ ކަމަށެވެ.


Share this article: Facebook Twitter WhatsApp
Related Articles