ތިނަދޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 4 ގެއަކުން މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި!
ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުމާ ދެކޮޅަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެ ރަށުގެ 4 ގެއެއް ބަލައިފާސްކޮށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ފާއިތުވި އޮކްޓޫބަރު 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގެ ތެރެއިން 6.3 ގްރާމްގެ މަސްތުވާތަކެތި (ވަގުތީ ބަރުދަން) ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- އަޙްމަދު ހާޝިމް (36އ) - މިނިވަންއައްސޭރި / ގދ. ތިނަދޫ
- އަތޫފް އަޙްމަދު (25އ) - ވެހަފުލާ / ގދ. ތިނަދޫ
- ނާޖިދު ޢަބްދުﷲ (42އ) - ވިލާޑީލައިޓް / ގދ. ތިނަދޫ
- މުޙައްމަދު ޝާއިފް ޖަލީލް (18އ) - ފުސްފަރާގެ / ގދ. ގައްދޫ
މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ހަތަރު މީހުންވެސް ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ތިނަދޫ ސިޓީ ޕޮލިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

