ރޭ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 3 މީހަކަށް ބޮޑެތި އަނިޔާތަކެއްވެ އެކަކު ހާލު ސީރިއަސް
މާލޭގެ ސޯސަން މަގުގައި ރޭ ނުރައްކާތެރި އެކްސްޑިންޓެއް ހިނގާ 3 މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ. ސޯސަން މަގުގެ ސިޓީ ބޭކަރީ ކުރިމަތީ ހިނގި އެކްސިޑެންޓަކީ 2 ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.
މަންޒަރު ދުއް ބައެއް މީހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައިވަނީ މި އެކްސިޑެންޓްގައި ދެ ސައިކަލްޖެހި އެއް ސައިކަލުގެ ފަހަރުގައި އިން އަންހެން މީހާވިއްސައިގެން ގޮސް ބޯފެޅިގެން ގިނަ ޢަދަދކަށް މަގުމައްޗަށް ލޭ ފައިބާފައި ހުރިކަމަށެވެ. އަދި އެތަނުން އަންހެންމީހާ އާއްމުގެ އެހީތެރިކަމާއެކު އޭޑީކޭ ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވާ ކަމަށެވެ. އޭޑީކޭގައި އަންހެން މީހާއަށް ފަރުވާދޭއިރު އެއަންހެން މީހާގެ ހާލު ސީރިއަށް ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓްތްގައި އަނިޔާވި ދެ ފިރިހެންނުން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މިދެމީހުންގެ މޫނު މަތީގެ ކަށިތައްވެސް ބިނދި ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވައިފޮތުގައި ރޭ ހިނގި އެކްސިޑެޓްގައި އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ފިރިހެނަކަށާއި 26 އަހަރުގެއަންހެނަކަށެވެ. މި ތިންމީހުންނަކީވެސް ދިވެހިން ކަމަށެވެ.
މިއެކްސިޑެންޓްގައި އަނިޔާވި އެއް ފިރިހެނަކީ އެއް ސައިކަލު ދުންވަން އިން ފަރާތް ކަމަށާއި އޭނާގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓް ތަޙްޤީޤް ކުރަމުންނެވެ.
