Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރަށްރަށުގައި މަސައްކަތްކުރާ މުދައްރިސުންނަށް އެންމެ ބޮޑު މުސާރައެއް ދިނުމަށް މަޖިލިސް މެންބަރުން ގޮވާލައްވައިފި!

ރަށްރަށުގައި މަސައްކަތްކުރާ މުދައްރިސުންނަށް އެންމެ ބޮޑު މުސާރައެއް ދިނުމަށް މަޖިލިސް މެންބަރުން ގޮވާލައްވައިފި!
Photo: UNICEF
ތަފްޞީލް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ގައުމީ ހިދުމަތުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެންމެ އުޖޫރަ ބޮޑު ބަޔަކަށް މުދައްރިސުން ހެދުމަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ ވަކާލާތު ކުރައްވާފައެވެ. ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑު އާއި އިނާޔަތްތަކާ ގުޅޭގޮތުން ކުރެވުނު ބަހުސްގައި މެންބަރުން ފާހަގަކުރެއްވީ، ރަށްރަށުގެ ތަރައްގީއާއި އަންނަން އޮތް ޖީލުތައް ބިނާކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލަނީ ތައުލީމީ ދާއިރާގެ މުވައްޒަފުން ކަމަށެވެ.


Photo: People's Majlis

މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި ގޮތުގައި، އަތޮޅުތަކުގެ ރަށްރަށުގައި ސިޔާސީ ނުފޫޒުން އެކަހެރިވެ، އެންމެ އިހުލާސްތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ހިދުމަތުގައި ދެމިތިބޭ ބަޔަކީ ޓީޗަރުންނެވެ. ނަމަވެސް، ރަށްރަށުގައި މަސައްކަތްކުރާ މުދައްރިސުންނަށް އަދިވެސް އެކަށީގެންވާ މާލީ ރައްކާތެރިކަމާއި އިނާޔަތްތައް ނުލިބޭކަން މެންބަރުން ފާހަގަކުރެއްވިއެވެ.


މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ދެއްކެވި ވާހަކަފުޅުގައި، މުދައްރިސުންނަށް ދޭންޖެހޭ ޤަދަރާއި ލޯބި ނުދެވުމުގެ ސަބަބުން މިއަދު ޔުނިވާސިޓީތަކުގައި ޓީޗަރުކަން ކިޔަވާނެ ކުދިން ނެތްކަން ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން، ތައުލީމީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް މިނިވަންކަމާއެކު ހިންގޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭ ކަމަށާއި، މިނިސްޓްރީ އޮފް އެޑިކޭޝަންއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގަންޖެހޭ ކަމަށް މެންބަރުން ވަނީ ޚިޔާލުފާޅުކުރައްވާފައެވެ.

ރަށްރަށުގައި ހިދުމަތްކުރާ މުދައްރިސުންނަށް ފުރިހަމަ މާލީ ރައްކާތެރިކަމާއި އެކަށީގެންވާ އުޖޫރައެއް ދިނުމަކީ، ގައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މިއަދުގެ މަޖިލީހުގެ ބަހުސްގައި މެންބަރުން ވަނީ ވިދާޅުވެފައެވެ.


އެހެންކަމުން، ރަށްރަށުގައި ތައުލީމީ ފެންވަރު މަތީ ދަރަޖައަކަށް ދެމެހެއްޓުމަށާއި، ގާބިލު މުދައްރިސުން ރަށްރަށުގެ މުޖުތަމައުތަކުގައި ހިފެހެއްޓުމުގެ ގޮތުން، ސިވިލް ސާވިސްގެ އެހެން ދާއިރާތަކަށްވުރެ މުދައްރިސުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މެންބަރުން ސިފަކުރެއްވިއެވެ. މީގެއިތުރުން، މުދައްރިސުންގެ ގަދަރާއި އަގު ވަޒަންކުރުމަކީ މުޅި ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމާ ގުޅިފައިވާ ކަމެއްކަންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all