News Featured

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ ބޮޑު ކޮންގްރެސް މާދަމާ ފަށަނީ

Advertisement
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެންމެ ބޮޑު ކޮންގްރެސް މާދަމާ ފަށަނީ
ތަފްޞީލް

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ބާއްވާ އެންމެ ބޮޑު ކޮންގްރެސް މާދަމާ ފެށޭނެއެވެ. ސަރުކަރު ހިންގާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީގެ) ފުރަތަމަ ރަސްމީ ގޮންގްރެސް ބޭއްވުމަށް ތައްޔާރު ވަމުންދާއިރު މިއީ ދިވެހިރާއްޖޭގައި ސިޔަސީ ޕާޓީތައް އުފައްދާ ހިންގަން ފެށިފަހުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންގްރެސް ބޭއްވުމަށެވެ.

 

ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އެންމެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެ ކަމަށް އެޕާޓީ މައުލޫމާތު ދެއްވައެވެ. މިގޮތުން ޕީއެންސީ ކޮންގްރެސްގައި އެޕާޓީން މީހުން އިތިހާބް ކުރާ މަޤާމް ތަކަކީ

ނައިބް ރައީސް (އިންތިހާބީ ޢަދަދު 6)

މެންބަރުންގެ މަޖިލީސް (އިންތިހާބީ ޢަދަދު 18)

މެންބަރުންގެ މަޖީލީސް – އަންހެން (އިންތިހާބީ ޢަދަދު 10)

މެންމބަރންގެ މަޖިލީސް – ޒުވާނުން (އިންތިހާބީ ޢަދަދު 7)

އަންހެނުންގެ ޙަރަކާތް – ރައީސް

އަންހެނުންގެ ޙަރަކާތް – ނައިބް ރައީސް

އަންހެނުންގެ ޙަރަކާތް – ސެކްރެޓަރީ

އަންހެނުންގެ ޙަރަކާތް – ޚަޒާންދާރު  

ޒުވާނުންގެ ޙަރަކާތް – ރައީސް

ޒުވާނުންގެ ޙަރަކާތް – ނައިބް ރައީސް

ޒުވާނުންގެ ޙަރަކާތް – ސެކްރެޓަރީ

ޒުވާނުންގެ ޙަރަކާތް – ޚަޒާންދާރު  

 

ޕީއެންސީގެ ކޮންގްރެސްއަށް ތައްޔާރު ވުމުގެ ގޮތުން ޕީއެންސީއަށް ނިސްބްވާ ކެބިނެޓް ވަޒީރުންނާއި މަޖިލީސް މެންބަރުންނާއި މިނިސްޓަރުން ސްޓޭޓް މިނިސްޓަރުން، ނައިބުނާއި ސިޔާސީ މަޤާމު ތަކުގައި ތިއްބެވި ފަރާތްތަކާއި ކުންފުނިތަކުގައި އިސްކޮށް އުޅުވުއްވާ ގިނަ މެންބަރުންތަކެއް ދަނީ ފޯރިއާއިއެކު ޙަރަކާތްތެރި ވަމުންނެވެ.

 

ޕީއެންސީ ކޮންގްރެސް އޮންނާނީ 2026 ސެޕްމްބަރު 15 އިން 18 އަށް މާލޭގައެވެ. 


Topics:
Share this article: Facebook Twitter WhatsApp
Related Articles