Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
News Featured

ރާއްޖެއަށް ވަގަށް ވަދެ އުޅުނު ބޯޓްތަކުގެ މައްސަލާގައި ސަލާމަތީ ޚިދުމަތްތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

ރާއްޖެއަށް ވަގަށް ވަދެ އުޅުނު ބޯޓްތަކުގެ މައްސަލާގައި ސަލާމަތީ ޚިދުމަތްތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ
ތަފްޞީލް

ރާއްޖެއަށް ވަގަށް ވަދެގެން ކަސްޓަމްސް އިން ހިފަހައްޓާފައި އޮތް ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު މައްސަލާގައި ތަންފީޒީ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.


ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް މިދެ ބޯޓު، އެތަނުގައި އޮންނަތާ އެތައް ދުވަހެއްފަހުން މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ އައި ވިލާގަނޑެއްގައި އޮޔާ ދިޔައީ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.


އެ މައްސައްލަ އާއި އެހެން ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފުލުހުންނާއި ސިފައިން ހާޒިރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.


ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރުގެ ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަތު ތޯރިގު (ޓޮމް) ތާއީދުކުރެއްވި އެވެ. ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރުކުރުމުން ޣަފޫރުގެ ހުށަހެޅުއްވުމާ މެދު ކޮމިޓީން ނިންމި ގޮތެއް ސާފެއް ނުވި އެވެ.


މިހާދިސާޣެ އިތުރުން ބައެއް ސިފައިންނާއި ފުލުހުންގެ ފުރާނަ ގެއްލުނު ހާދިސާތަކުގެ މައްސަލަ އާއި ވަގަށް ވަދެ އުޅުނު ދެބޯޓްގެ މައްސަލާގައި ސިފައިންނާއި ފުލުހުންގެ އިސް ބޭފުޅުން ހާޒިރުކުރަން ޣަފޫރު ހުށަހެޅުއްވި އިރު، ހަމަ އެ މައްސަލަތަކުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ހާޒިރުކުރަން ހުށަހެޅުއްވީ ނާޒިމެވެ. އެ ދެ ހުށަހެޅުއްވުމަށް ވެސް ތޯރިގު ތާއީދުކުރެއްވި އެވެ.


"އަޅުގަނޑުމެން މިދައްކަނީ އިންސާނުންގެ ފުރާނައިގެ ވާހަކަ، އެހެންވީމާ މީގައި [ ބައެއް ސިފައިންނާއި ފުލުހުން ނިޔާވި ހާދިސާތަކުގައި] އެޅިފައި ހުރި ފިޔަވަޅުތަކެއް ހުންނަން ޖެހޭނެ،" ކޮމިޓީގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހާދިސާތަކުގައި ނިޔާވި ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ޣަފޫރު ފާހަގަކުރެއްވި ހާދިސާތަކާ ގުޅިގެން އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީ 241 ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި އިއްޔެ ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ވެސް މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށެވެ.


"މިއަދު  މި އޮތް ދެ މައްސަލައަށް ވެސް އަޅުގަނޑު ތާއީދުކުރަން މިއީ ވަރަށް ހައްސާސް މައްސަލަތަކެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން،" ނާޒިމް ވިދާޅުވި އެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all