އޮންނަ އުޞޫލުގެ ބޭރުން ވިއަސް 100 މިލިއަން ޑޮލަރު ރާއްޖެއަށް ހަމަޖެއްސުމަށް ބޮޑުވަޒީރު އަންވަރު އަންގަވައިފި
ދިވެހިރާއްޖެއިން "އާދޭސް" ދެންނެވުމުން އޮންނަ އުޞޫލުން ބޭރުން ލޯނު ހަމަޖެއްސުމަށް ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންގަވައިފާ ވާނެ ކަމަށެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިހެން ވިދާޅުވީ މެލޭޝިއާ ސަރުކާރުގެ އިސްވެރިންނާއި ދިވެހިސަރުކާރުގެ އިސްވެރިން މިއަދު ދިވެހިރާއްޖޭގައި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާކަން ވެސް އާއްމުކޮށް އެނގިގެން ދިޔައީ މެލޭޝިއާގެ ބޮޑުވަޒީރު މިބައްދަލުވުމުގައި އެވާހަކަ ވިދާޅުވުމުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ މެލޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން މެލޭޝިއާގެ މަރުކަޒީ ބޭންކް، ބޭންކް ނެގާރާ މެލޭޝިއާގައި އެދިވަޑައިގެން ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ. މި ނިންމުމަކީ 2 ޤައުމުގެ މެދުގައި އޮތް އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މިކަމަށް އެއްބާރުލުން ދިނުމަށް އުސޫލެއްގެ ގޮތުން މިހާރު އެއްބަސްވެފައިވާ ކަމަށާއި މި އެއްބަސްވުން ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި، ބޭންކް ނެގާރާ މެލޭޝިއާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި އެކަމުގެ އިންތިޒާމުތައް އެންމެ އަވަހަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް އަންވަރު ވަނީ ވިދާޅުވެފައެވެ.
