Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

މިއަހަރު ބޭއްވި '' މޯލްޑިވްސް އެކްސްޕޯ '' އަށް ދިވެހިބަހުން ނަމެއް ނުދިނީ ކީއްވެ!

މިއަހަރު ބޭއްވި '' މޯލްޑިވްސް އެކްސްޕޯ '' އަށް ދިވެހިބަހުން ނަމެއް  ނުދިނީ ކީއްވެ!
ތަފްޞީލް

މި އަހަރު ބޭއްވުނު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ''މޯލްޑިވްސް އެކްސްޕޯ'' ގެ ނަމުން ނަންދިނުމާގުޅިގެން އެނަން ބޭނުންކުރުން ހުއްޓުވައި ދިނުމަށްއެދި އަމިއްލަ ކުންފުންޏަކުން ކޯޓަށް ހުށަހެޅި  މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.


މި އަހަރުގެ މައުރަޒު ބާއްވައިފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ.


އެ އެކްސްޕޯއާ ގުޅުވައި، ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކީ "މޯލްޑިވްސް އެކްސްޕޯ ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން، މައުޟޫއީ ދައުވާއެއް ހުށަހެޅުމުގެ ކުރިން، ދައުލަތާއި ބީސީސީން އެ ނަން ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.


އެ ކުންފުނިން ފާހަގަކޮށްފައިވަނީ އެއީ ފެބުރުއަރީ 2023 ގައި ގާނޫނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ނަމަކަށް ވާއިރު، ޑިސެމްބަރު 2024 އިން ފެށިގެން ދައުލަތުން އެ ނަމުގައި މައުރަޒު ޕްރޮމޯޓްކޮށް ހިންގުމުން ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.


ދައުލަތުން މި އަމުރާ ދެކޮޅަށް ޖަވާބުދާރީވަމުން ފާހަގަކުރީ، ކުންފުނީގެ ނަމާއި ވިޔަފާރި ނަމަކީ ތަފާތު ދެ މަފްހޫމެއް ކަމަށާއި، މޯލްޑިވްސް އެކްޕޯއަކީ ވަކި ފަރާތަކަށް މިލްކު ނުކުރެވޭނެ އާންމު ނަމެއް ކަމަށެވެ. އަދި މައުރަޒު ބާއްވަނީ އާންމު މަސްލަހަތު ހިމެނޭ ގޮތަށް ގައުމީ ފެންވަރުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް ދައުލަތުން ބުންޏެވެ.


މި މައްސަލަ ބެއްލެވި ގާޟީ ރިޒްމީނާ އިދްރީސް ނިންމެވި ނިންމެވުމުގައި ފާހަގަކުރައްވާފައިވަނީ އަމުރަށް އެދުނު ފަރާތުން ބަޔާންކުރާ ގެއްލުންތަކަކީ ވިޔަފާރީގެ ގެއްލުންތަކެއް ކަމަށާއި، އެއީ ފަހުން ފައިސާއިން ބަދަލު ދެވިދާނެ ބާވަތުގެ ކަންކަން ކަމަށް ވުމުން، ވަގުތީ އަމުރެއް ނުނެރެފިނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކުރިމަތިވާނެކަން ސާބިތުނުވާ ކަމަށެވެ.


ސަރުކާރުން ބާއްވާ މިފަދަ ހަރަކާތްތަކަށް ނަންކިއުމުގައި ދިވެހިންގެ މާދަރީ ބަހަށް އިސްކަންނުދިނުމަކީ ދިވެހިބަހާމެދު ދިވެހިން ފޫހިވެދާނެ ކަމެކެވެ. އެގޮތުން މިއަހަރުގެ މައުރަޒަށް ނަން ކިޔާފައިވަނީ ފަރަންޖީ ބަހުންނެވެ. އެއީ '' މޯލްޑިވްސް އެކްސްޕޯ'' އެވެ.


ދިވެހިރާއްޖޭގެ އުފެއްދުން ތެރިކަމުގެ މަޢުރަޒު ( ދިވެހީންގެ އަތްތެރި މަސައްކަތުގެ މައުރަޒު ) ގެ ނަމުގައި މައުރަޒު ބާއްވަމުން އަންނަތާ ވަރަށްގިނަ ޒަމާން ވެއްޖެއެވެ.  ނަމަވެސް އޭރުވެސް ފަރަންޖީބަހުން ނަން ދީފައެއް ނުވެއެވެ. ދިވެހިންގެ ތެރޭގައި އިނގެރޭސިބަސް ދަންނަމީހުން މަދެއްވެސް ނޫނެވެ.


Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all